ޚަބަރު

އަޅުގަނޑުވެސް ބޮނީ އިސްކުރު ފެން - ޑރ.ފައިސަލް

ދެން އެމްވީ

މާލެ ލޮކްޑައުންގެ ހާލަތުގައި ފެނުގެ ޑެލިވެރީތައް ލަސްވެ، ގިނަ ބައެއްގެ ޝަކުވާ އައިސްފައިވާ މިޑަނދިވަޅުގައި، މާލޭގައި އެމްޑަބްލިއުއެސްސީ އިން ދޫކުރާ އިސްކުރު ފެން ބުއިން މީމިވަގުތު ކުރެވޭނެ ކަމެއް ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ.އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ޝައުނާ އައިމިނަތް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ފައިސަލް ވިދާޅުވެފައިވަނީ، މިހާރު އޭނާ ބުއިމަށް އިސްކުރު ފެން ބޭނުން ކުރާތާ އަހަރެއް ވެދާނެ ކަމަށާއި އޭނާގެ މަންމަމެން އިސްކުރު ފެން ބޯތާ 6 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ.

ޝައުނާގެ ޕޯސްޓްގައި އޭނާ ބުނެފައިވަނީ މިދަނޑިވަޅުގައި، ފެންޑެލިވަރ ކުރާ ފަާރާތްތަކަށް ބަރާސޯ ވުމަށްވުރެ، އިސްކުރު ފެން ބުއިން މާ ރަނގަޅު ކަމަށާއި، އިސްކުރު ފެނަކީ ރައްކާތެރި އެއްޗެއް ކަމަށެވެ.

މީގެ އަހަރެއް ކުރިން އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" އަށް ދެއްވި އިންޓަރވިއުއެއްގައި އެމްޑަބްއެސްސީގެ މެނޭޖިން ޑަރެކްޓަރ އާޒިމްވަނީ އޭނާވެސް ބޭނުން ކުރައްވަނީ އިސްކުރު ފެން ކަމަށެވެ.

ފައިސަލްގެ މިޓްވީޓްގައި ގިނަ ބަޔަކު އެމީހުންގެ ޚިޔާލުފާޅުކޮށްފައިވާއިރު، މާލޭގައި އަޅާފައިވާ ފެނުގެ ހޮޅިތަކަކީ ވަރަށް ކުރިން އަޅާފައިވާ ހޮޅިތަކެއް ކަމުން، އެއިން އަންނަ ފެނަކީ ބޯން އެންމެ ރައްކާތެރި ފެންތޯ ބައެއް މީހުންވަނީ ސުވާލު އުފައްދާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!