ޚަބަރު

ކޮވިޑް19: ރިސޯޓް މުވައްްޒަފެއްގެ އާދޭސް! މިހިރީ ގޮތް ހުސްވެފައި، އަހަންނަށް ގޮތެއް ހޯދައިދީ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19ގެ މި އުނދަގޫ ޙާލަތުގައި އެންމެން މިވަނީ ފުރަ ބަންދުގައެވެ. މި ޙާލަތު އެކި މީހުން ތަޖުރިބާ ކުރަނީ އެކި ގޮތަށެވެ. ބައެެއް މީހުން އާއިލާއާއެކު ގޭގައި ތިބިއިރު އަނެއް ބަޔަކު ތިބީ ޢާއިލާއާއި ބައްދަލުވޭތޯ އެކަމުގެ އިންތިޒާރުގައެވެ.

Ads by STELCO

ވައްކަރު ރިސޯޓްގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން އެޗްޕީއޭއިން ރިސޯޓް ހުޅުވަން ހުއްދަ ދިނުމާއެކު މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ޗުއްޓީ ދީފައި ފޮނުވާލުމުން މަރިޔަމް އަހްސާނާ ، އޭނާގެ ރަށަށް ދިޔުމަށް މާލެ އައީ މިދިޔަ ބުދަ ދުވަހުއެވެ.

ނަމަވެސް މާލެ އައިސް އެއާޕޯޓްގައި ހުއްޓާ މާލެ ފުރަބަންދު ކުރުމާއެކު އޭނާ ވަނީ މާލޭގައި ތާށިވެފައެވެ. މާލޭގައި ހުރި ކޮޓަރިއަށް މިއަދު ކުލި ދެއްކުމުން އަތްމަތި ހުސްވީއެވެ. ކޮޓަރިން ނިކުމެގެން ދާނެ ތަނެއް ނެތެވެ. ފައިސާ ނެތުމުން ނުނިކުމެ ވެސް ވާކަށް ނެތެވެ. އަނެއްކޮޅުން ފުރަ ބަންދުކަމަށް ވުމާއެކު މަގުމައްޗަށް ނުކުތުން މަނަލެވެ.

މިހާތަނަށް އެޗްޕީއޭއާއި ގުޅުމަށް އަހްސާނާ ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

މިފަދަ މީހުންނަށް އެޗްޕީއޭ އިން ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން ބައެއް މީހުންނާއި ޙަވާލުވެ މިހާރު ވަނީ އާއިލާއާއި ހަވާލުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ކުލި ދެއްކެން ނެތިގެން މަގުމަތިވި މީހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!