ޚަބަރު

އަމީންގެ ވަޢުދު: ތަކެތި ގަނެ ސްޓޮކް ނުކުރޭ، ބޭހާއި ކާޑުގެ ބާވަތްތައް ހުސްނުވާނެހެން ރަށްރަށަށް ފޮނުވާނަން

ދެން އެމްވީ ، ދެން އޮންލައިން

ކެތި ގަނެ ސްޓޮކް ނުކުރުމަށާއި ބޭހާއި ކާޑުގެ ބާވަތްތައް ހުސްނުވާނެހެން ރަށްރަށަށް ފޮނުވާނެ ކަމުގެ ޔަޤީންކަން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ދެއްވައިފިއެވެ.

Ads by STELCO

ރޭ ދަޢުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުންވެސް ކިޔަމަންވުން މުހިއްމުކަމަށެވެ. އެގޮތުން ކޮންމެހެން ބައްދަލުކުރަން ޖެހޭ މީހުން ފިޔަވާ އިތުރު މީހުންނާއި ބައްދަލުނުކުރުމާއި، ކޮންމެހެން ދާންޖެހޭ ތަނެއް ފިޔަވާ އިތުރު ތާކަށްނުގޮސް، ގޭގަައި މަޑުކުރުން މުހިއްމުކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި ރަށްރަށަށް ބޭނުންވާ ކާޑާއި ބޭހުގެ ބާވަތްތައް ފޮނުވުމުގެ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށާއި، ކަންބޮޑުވެ، އެކަށީގެން ނުވާ މިންވަރަށް ތަކެތި ގަތުމުން ދުރުހެލިވާންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބޭހައި ކާޑުގެ ބާވަތްތައް ހުސްނުވާނެހެން ރަށްރަށަށް ފޮނުވުމުގެ ކަންކަން މިދަނީ ކުރަމުން. އަތޮޅުތެރޭގެ ޓާސްކްފޯސްތަކުން އަންގާ އެންގުންތަކަށް ބޯލެނބުން މުހިއްމު. ނުކަތާ ވަރަށް ތަކެތި ގަނެ ސްޓޮކްކުރާނަމަ ނިޒާމަށް ބުރޫ އަރާނެ. މިގޮތަށް އަމަލުކޮށްގެން ބަލި ފެތުރުން ލަސް ކުރޭވޭނެ. ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރާއްޖޭގައިވެސް މިހާރު ތަހައްމަލު ކުރަމުން މިދަނީ ދަތި އުނދަގޫ ވަގުތުތަކެއްކަން ފާހަގަކުރައްވާ މިދަނޑިވަަޅުގައިވެސް ކެތްތެރިކަން އިސްކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުންދެއްވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން ހެލްތު މިނިސްޓަރ އަމީން ވަނީ އެދިވަޑައިގެންފައެވެ. އަދި މިކަން ކަމަކީ ހާސްކަމުގެ ތެރެއިން އެއްވެސް މީހަކު ދޫކޮށްލައިގެންވާނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!