ޚަބަރު

ޚާއްޞައެހީއަށް ބޭނުންވާ ކުއްޖަކާއެކު ލަންކާގައި އެކަނިހުރި މައެއްގެ އަސަރުގަދަ ބަސްކޮޅެއް : އަހަރެން މިހިރީ އެކަނި ، އާއިލާއާއެކު ލޮކްޑައުންވި މީހުން ޝުކުރުވެރިވޭ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19ގެ ކަޅުވިލާތައް މިރާއްޖެއަށް ބޯމަތިވިތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ''ހަމަ ދެންމެ ދެންމެ ވެހިގަނެދާނެއޭ ، ގޭގައި ތިއްބަވާށޭ'' ބުނެ ޞިއްޙީ މާހިރުން ދިން އިންޒާރު ގިނަ ބަޔަކު އަޑު އެހި ނަމަވެސް އެކަމާ ފުރަގަސް ދިން މީހުން މަދެއް ނޫނެވެ. މިއަދު މިވަނީ އެބަނަ ވިލާތަކުން ވާރޭ ވެހިގަނެ ، އެންމެން ގެއަށް ވައްދާފައެވެ.

Ads by STELCO

ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކުރިއިރު އެކި މީހުން މިތިބީ އެކި ޙާލަތުގައެވެ. ނުރައްކާތެރި އަދި ބިރުވެރި މި ޙާލަތުގައި ތިމާގެ ލޯބިވާ އަނބިންނާއި ދަރިންނާއެކު ލޮކްޑައުންވާން ފުރުސަތު ލިބުނު މީހުން އުފާ ކުރައްވާށެވެ. ޝުކުރުވެރި ވާށެވެ. ބައެއް މީހުން ލޮކްޑައުންގައި ތިބެން މި ޖެހެނީ ވަރަށް ދަތި ޙާލުގައި އެކަނިވެރިކަމުގައެވެ.

މިފަދަ އެކަނިވެރި ޙާލަތެއްގައި މިއަދު ހުރި އެކަކީ ޚާއްޞައެހީއަށް ބޭނުންވާ ދަރިފުޅާއެކު ޝްރީލަންކާގައި ދިރިއުޅޭ ދިވެހި އުޚްތާއެކެވެ. ފިރިމީހާއާއި އާއިލާއާ ވަކިން ލޮކްޑައުންގައި ހުރި މިއުޚްތާ ވަނީ އަސަރުގަދަ ބަސްކޮޅެއް މީސްމީޑިއާއަށް ދޫކޮށްލާފައެވެ.

'' ތިބާ ލޮކްޑައުންވީ ގޭގައި އަދި އާއިލާއާއި އެކުގައި ނަމަ ޝުކުރުވެރިވޭ! ބައެއް މީހުން ލޮކްޑައުން ވާން ޖެހުނު ތަނުގެ ގޮތުން އެމީހުންނަށް އޮތީ އާއިލާއާއި ބައްދަލުވޭތޯ ، ބަލިމަޑުކަން ނިމުން އެދި ތިބުން . މި ދުވަސްވެސް ފާއިތުވާނެ!"

މިދަނޑިވަޅުގައި އަހަރެމެންނަށް އޮތީ ރައްކާތެރިކަމުގެ މިންގަނޑުތަކުގައި ހިފެހެއްޓުމެވެ. ކެތްތެރިވެ ، ދުޢާ ދެންނެވުމުގައި ދެމި ތިބުމެވެ.

މި އުޚްތާ ، ކެތްތެރިކަމުގައި ސާބިތު ކުރައްވާށި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!