ޚަބަރު

ހަލުވި ކަމާއެކު ކޮވިޑް ފެތުރެން ފެށީ އަމިއްލަ އިޙްމާލުން: މަޢުމޫން

ދެން އެމްވީ

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެން ފެށީ އަމިއްލައަށް އިހުމާލުވުމުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުނޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހަލުވި ކަމާ އެކު ކޯވިޑް ފެތުރެން އެ ފެށީ އިރުޝާދު ތަކަށް ކަމޭ ނުހިތާތީ ކަމަށެވެ.

"ހިތާމައާ އެކު ދަންނަވަން. ރާއްޖޭގައި ހަލުވި ކަމާ އެކު ކޯވިޑް ފެތުރެން އެ ފެށީ އިރުޝާދު ތަކަށް ކަމޭ ނުހިތާތީ. އަމިއްލަ އިހުމާލުން. ދެންވެސް ގޭގައި ތިއްބަވާ! ޖިސްމާނީ ދުރުމިން ހިފަހައްޓަވާ! ﷲ ގެ ރަޙްމަތަށް އެދެން." ރައީސް މައުމޫން ވިދާޅުވިއެވެ.

ކޮވިޑް-19 މާލޭގައި ފެތުރެން ފަށާފައިވާއިރު، މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުން ކުރުމަށް ވެސް ނިންމާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!