ޚަބަރު

ގޭގައި ތިބެ ކުރަންވީ ކަސްރަތު - ޕީޖީ

ދެން އެމްވީ ، ދެން އޮންލައިން

އަވަދިނެތިކޮށް ދުވަހުގެ ހުރިހާ ވަގުތެއް ހޭދަކުރާ މީހުން ކުއްލިއަކަށް ގޭގައި ތިބެން ޖެހުމުން އުނދަގޫވެ ނުތަނަވަސްކަން ވެރިވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި އެހެންކަމުން ހެލިފެލިވެ އުޅުމަށް ގޭގައި ކުރެވޭ ކަހަލަ ކަސްރަތުތައް ކޮށް ވަގުތު ހޭދަ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިލްތިމާސް ކުރައްވައިފިއެވެ.

Ads by MWSC

ދުވުމާއި ފެތުމުގައި ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށްވާ ޕީޖީ މިގޮތަށް ވިދާޅުވީ ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައެވެ. ޕީޖީ އިތުރަށް ވިދާޅުވީ މިހާރު މީހުންނާ އެކުގައި ދުވަން ވަޑައިނުގަންނަވާތާ މަސް ދުވަސް ވެފައިވާ ކަމަށާއި، އަދި މަގުމައްޗަށް އެކަނިވެސް ދުވަން ނުކުމެވަޑައިނުގަންނަވާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

އަދި ގޭގައި ތިބޭއިރު ޔޫޓިއުބާއި އެނޫން ވެސް ވަސީލަތްތައް މެދުވެރިކޮށް ކުރާނެ ކަސްރަތުތައް ވެސް ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މާލެ މިހާރު އޮތް ހާލަތަކީ އެއްވެސް ގޮތަކަށް މަގުމައްޗަށް ނިކުމެ އުޅެވޭ ފަދަ ހާލަތެއް ކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް ފެނިފައިވަނީ ބުދަ ދުވަހުއެވެ. އެއް ވެސް ޓްރަވެލް ހިސްޓަރީ އެއް ނެތް މީހެއްގެ ގައިން ވައިރަސް ފެނުމާއެކު މާލެ ސަރަހައްދު ލޮކްޑައުން ކޮށް ހާލަތަު ވަނީ ރަތަށް ބަދަލުކޮށްފައެވެ.

މިހާތަނަށް މާލެއިން ހަތް މީހަކު ޕޮސިޓިވްވެފައިވާއިރު 14 ދުވަހަށް މާލެ ލޮކްޑައުން ކުރުމުގެ އިތުރުން މުޅި ރާއްޖެ ވަނީ އެއް ރަށުން އަނެއް ރަށަށް ނުދެވޭ ގޮތަށް ބަންދުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!