ޚަބަރު

ލޮކްޑައުންގެ ހާލަތުގައި ޑެލިވެރީ ކުރުމުގެ ވަގުތު އިތުރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން މާލޭގައި އިއުލާނުކޮށްފައިވާ ލޮކްޑައުން ގެ ހާލަތުގައި ޑެލިވެރީ ކޮށްދޭ ވަގުތުތައް އިތުރު ކޮށްފައިވާކަން ފުލުހުން ހާމަ ކޮށްފިއެވެ.

Ads by Sosun Fihaara

މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހޯލްސެއިލް އަދި ރީޓެއިލް ޑެލިވެރީ ކޮށްދިނުމުގެ ހިދުމަތް މިހާރު 24 ގަޑިއިރު ލިބިގެންދާނެއެވެ. ހަމައެހެންމެ ކެފޭ ރެސްޓޯރެންޓުތަކުން ޑެލިވެރީ ކޮށްދިނުމުގެ ހިދުމަތް ހެނދުނު 8 ކުން ރޭގަނޑު 11 އަށް ލިބިގެންދާނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މިގޮތަށް ގަޑިތަކަށް ބަދަލުގެނެސްފައިވަނީ ޑެލިވެރީގައި ހުރި ދަތިތަކާއި ގުޅިގެން ލިބުނު ގިނަ ޝަކުވާތަކުގެ ސަބަބުންނެވެ.

މީގެ ކުރިން ޑެލިވެރީ ގެ ހިދުމަތް ދެމުން ގެންދިޔައީ ހެނދުނު 0900 ކުން މެންދުރު 1400 އަށް، ހަވީރު 1500 އިން 1800، އަދި ރޭގަނޑު 2000 އިން 2300 އިންނެވެ.

ޑެލެވެރީ ކުރުމުގެ ޚިދުމަތް ދެވެނީ އެކަމަށް އެދި ހުއްދަ ހޯދާފައިވާ ފަރާތްތަކަށްކަން ފާހަގަކޮށްލެއެވެ. ވެހިކަލްތަކާއި ޑެލިވަރީ ޚިދުމަތް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން އީމެއިލް ކުރަން ޖެހޭނީ [email protected] އަށެވެ.

މާލެއިން މިހާތަނަށް 8 މީހަކު ވައިރަސް ޕޮސިޓިވްވެފައިވާއިރު މާލެ އޮތީ 14 ދުވަހުގެ ލޮކްޑައުންއެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!