ޚަބަރު

ފުރުމުގެ 3 ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އެއާޕޯޓަށް ބާރު ބޮޑު ދުވަސް ވަރަކަށްވާތީ، ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެދިއްޖެ އެވެ.

Ads by STELCO

އެމްއޭސީއެލް އިން މިއަދު ބުނީ މި ދުވަސްވަރަކީ އެއާޕޯޓު ޑިޕާޗާ އަށް ބާރުބޮޑު ދުވަސްވަރެއް ކަމަށާއި އެހެން ކަމުން ވީއައިއޭ އިން ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަ އަކަށް، ފަސިންޖަރުން ފުރަން ހަމަޖެހިފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އިލްތިމާސް ކުރާކަމަށެވެ.

ޓޫރިޒަމް ސީޒަނާއި ބޮޑު ޗުއްޓީ އާއި ދިމާކޮށް ވީއައިއޭ އަށް ބާރުބޮޑުވެފައިވާއިރު މިދިޔަ މަހު އެމްއޭސީއެލް އިން ވަނީ ރަންވޭ މޫމަންޓް ރިކޯޑު އާކޮށްފައެވެ.

އެގޮތުން ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު 239 ރަންވޭ މޫމަންޓްސް ރިކޯޑު ކުރެވިފައިވާކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!