ޚަބަރު

މިހާތަނަށް ފައްސިވި އެންމެންގެ ހާލު ވެސް ރަނގަޅު: ޑރ. ނަޒްލާ

ދެން އެމްވީ ، ދެން އޮންލައިން

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ފައްސިވި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

އެންއައިއޯސީން މިހާރު ދަރުބާރުގޭގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުންދާ އެންމެވެސް ތިބީ ފަރުކޮޅުފުށި އައިސޮލޭޝަން ސެންޓަރުގައި ކަމަށެވެ. އެ މީހުންނަށް ފަރުވާ ދެމުންދާއިރު އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އަދި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، މާލެ އިން ފެނުނު އަށް ކޭސްގެ ތެރެއިންވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

"ފައްސިވި ހުރިހާ ފަރާތްތައް ހަމަ މިހާރު މި ދަނީ ފަރުކޮޅު ފުށީގައި ފަރުވާދެމުން". ނަޒްލާ ވިދާޅުވިއެވެ،

ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖެެއިން ކޮވިޑް-19 ޖެހުނު 28 މީހުންގެ ތެރެއިން 13 މީހުންނަކީ ދިވެހިން ކަމަށެވެ. އަދި މީގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި ގުޅޭ ފަސް ކޭސްއަކާއި، މާލޭ އިން 8 ކޭސް ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!