ދުނިޔެ

ވޮޓްސްއެޕަށް އާމްދަނީ ހޯދުމުގެ އަމާޒުގައި ކްރެޑްގެ ފައުންޑަރު ކުނާލް ޝާހު މެޓާއިން އައްޔަންކޮށްފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

މުމްބާއީ – މަޝްހޫރު އެޕްލިކޭޝަން 'ވޮޓްސްއެޕް' އިން އާމްދަނީ ހޯދުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމުގެ ބޭނުމުގައި، އިންޑިއާގެ އޮންލައިން ޕޭމަންޓް ސިނާއަތުގެ ތަޖުރިބާކާރެއް ކަމަށްވާ ކުނާލް ޝާހު އެ ކުންފުނީގެ އިސް މަގާމަކަށް މެޓާއިން އައްޔަންކޮށްފިއެވެ. ކުނާލް ޝާހަކީ ފިންޓެކް ސްޓާޓްއަޕްއެއް ކަމަށްވާ 'ކްރެޑް' ގެ ފައުންޑަރެވެ. އޭނާއާ ވޮޓްސްއެޕްގެ ހިންގުން މެޓާއިން ހަވާލުކޮށްފައިވަނީ، އޭނާގެ ކުންފުނި ކަމަށްވާ ކްރެޑްއަށް މެޓާއިން 900 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށްފަހުގައެވެ.

ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާއިން ކްރެޑްއަށް އިންވެސްޓްކޮށް، އޭގެ ފައުންޑަރު ވޮޓްސްއެޕްއާ ހަވާލުކުރީ އޭނާގެ ކިބައިގައިވާ ހާއްސަ ހުނަރުތަކެއްގެ ސަބަބުން ކަމަށް މުހައްލިލުން ލަފާކުރެއެވެ. އެގޮތުން، ވިޔަފާރީގެ ބައިވެރިވުންތައް އުފެއްދުމުގައި ކުނާލް ޝާހަށް ލިބިފައިވާ ގާބިލުކަމާއި، އިންޑިއާގެ މާކެޓުގައި ފައިސާ ހޯދާނެ (މޮނިޓައިޒްކުރާނެ) ގޮތްތަކުގެ ފުން މައުލޫމާތު އޭނާއަށް އެނގިފައި އޮތުމަކީ މި ނިންމުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބުކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!