ޚަބަރު

ފައްސިވި މީހުން ދުވާލަކު 40 ހަކަށް މީހުންނާ ބައްދަލުވެފައިވޭ، މިއީ ދުނިޔޭގެ ނިސްބަތުންވެސް ގިނަ އަދަދެއް

ދެން އެމްވީ ، ދެން އޮންލައިން

މިހާރު މާލެއިން ކޮވިޑް-19އަށް ފައްސިވެފައިވާ ދިވެހިންގެ ތެރެއިން، ގިނަ މީހުން ދުވާލެއްގެ މައްޗަށް 40 އެއްހާ މީހުންނާ ބައްދަލުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

Ads by MWSC

ކޮވިޑް-19 އާއި ބެހޭ ފަހުގެ މަޢުލޫމާތުތައް ދިނުމަށް ސަރުކާރުން މިއަދު އޮންލައިންކޮށް ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި ބަލި ޖެހުނު މީހުން ބައްދަލުވެފައިވާ މީހުންގެ އަދަދު 40 މަތީގައި އުޅޭކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

"އާންމު ގޮތެއްގައި ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރުގަ، އަޅުގަނޑުމެންގެ ތެރެއިން މި ފެނުނު ކޮންޓެކްޓްސް، ބައްދަލުވެފަ ތިބި މީހުންގެ އަދަދު ގިނަ. މިސާލަކަށް އެހެން ޤައުމުތަކުގައި އެވްރެޖެއްގެ ގޮތުގަ ގާތްގަނޑަކަށް 30 ވަރަކަށް މީހުންނާ ކޮންމެ ދުވަހަކު ދިމާވާކަހަލަ ކޮންޓެކްޓްސް ތިބިއިރުގަ ރާއްޖޭގަ މި ފެންނަނީ 40 އިން މަތީގަ ވެސް ބައެއް ބޭފުޅުންގެ އެވްރެޖް ޑެއިލީ ކޮންޓެކްޓްސް ހުރިކަން،" މަބްރޫކް ވިދާޅުވިއެވެ. "މާސްކު އަޅައިގެން ނުކުތީމަ ސަލާމަތެއް ނުވޭ އެނގޭތޯ. ހިތާމަވެރިކަމެއް މިއީ. ޕޮޒިޓިވްވި ކޭސްތަކުން މި ފެންނަނީ މި ބަލި ފެތުރުން ކުޑަކުރެވުނީސްކަން. ގައިދުރުކުރެވުނަމަ އެހާ ގިނަ މީހުންނާ ބައްދަލެއް ނުވީސްކަން،"

ކޮވިޑް19 އާ ގުޅިގެން، މުޅި މާލެ ސަރަހައްދު ވަނީ ކުރިއަށްއޮތް 14 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. އަދި އަތޮޅު ތެރޭގައިވެސް އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!