ޚަބަރު

އެސްޓީއޯ އިން ހޯލް ސޭލް ފިހާރަތަކަށް ކާޑު ދޫކުރަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

އެސްޓީއޯ އިން ގްރޭޓާ މާލެ ސަރަހައްދުގެ ފިހާރަތަކަށް ކާޑުގެ ބާވަތްތައް ދޫކުރަން ފަށައިފި އެވެ.

Ads by MWSC

ރާއްޖެ އަށް ކާޑު އެތެރެކުރާ އެސްޓީއޯގެ އޮފިޝަލަކާ ހަވާލާދީ، "އަވަސް"އިން ބުނެފައިވަނީ ފިހާރަ ތަކަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް ދާދި ދެންމެއަކު ސަޕްލައި ކުރަން ފަށާފައިވާ ކަމަށެވެ. އަދި ރަށްރަށަށް ކާޑު ގެންދާ އޮޑި ފަހަރާ ހަމަ އަށް ވެސް ކާޑު ގެންގޮސް ދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ކާޑު ސަޕްލައި ކުރުމުގެ މަސައްކަތުގައި އުޅޭނީ އެސްޓީއޯ ޔުނީފޯމުލީ މުވައްޒަފުން. މިހާރުން ފެށިގެން ވިޔަފާރިތަކަށް ހަނޑޫ، ހަކުރު އަދި ފުއް ސަޕްލައި ކޮށްދޭނެ. އެ ފަރާތްތަކުން ވަކިން ގޭގެއަށް ފޯރުކޮށް ދޭނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެސްޓީއޯ އިން ވަނީ ރާއްޖެ އަށް ބޭނުންވާ ވަރަށް ކާޑު ލިބޭނެ ކަމަށް ބުނެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!