ޚަބަރު

އުމުރުން ދުވަސްވީ މީހުނަށް ކޮވިޑް19 ޖެހުމުގެ ފުރުސަތު ބޮޑު - އެޗްޕީއޭ

އުމުރުން ދުވަސްވީ މީހުނަށް ކޮވިޑް19 ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި ބަލި ޖެހުމުން އޭގެ ނުރައްކާ ވެސް ބޮޑުވެގެންދާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި މިކަން ހާމަކޮށްފައިވާއިރު ގެއިން ބޭރަށް ނުދިއުމަށާއި މީހުނާއި ބައްދަލުކުރުން މަދުކުރުމަށް ވެސް ޓުވީޓުގައި އެދިފައިވެއެވެ. ނޫންނަމަ ގޭގައި ތިބި އުމުރުން ދުވަސްވީ މީހުނާއި ހަމައަށް ވައިރަސް ފޯރުމަކީ އެކަށީގެންވާ ކަމެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

އުމުރުން ދުވަސްވީ މީހުން ފަދަ ދިފާއީ ނިޒާމު ބަލިކަށި މީހުނަށް ވައިރަހުގެ ބޮޑުަކަމަށް މީގެ ކުރިން ގިނަ ދިރާސާތަކެއްގައި ވެސް ދައްކާފައެވެ. މީގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުނަށް ވެސް ވައިރަހުގެ ނުރައްކާތެރިކަން ބޮޑުވެގެންދާ ކަމަށް ވެސް މާހިރުން ބުނެއެވެ.

މާލެއިން މިހާތަނަށް 8 ދިވެއްސަކު ވައިރަހަށް ޕޮސިޓިވްވެފައިވާއިރު މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ނުހިމެނެއެވެ.

ކޮމިއުނިޓީ ސްޕެރެޑް ނުވަތަ މުޖުތަމައު ތެރޭގައި ވައިރަސް ފެތުރެން ފެށުމާއެކު މާލެ ސަރަހައްދުައި ވަނީ ރެޑް އެލާޓް ނެރެ 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ. ލޮކްޑައުން ގެ ހާލަތުގައި ހުއްދަ ލިބިގެން ނޫނީ ގެއިން ނިކުތުން ވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ވެސް މާލެ ނޫން ރައްތަކުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް މީހުން އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!