ޚަބަރު

2000 މީހުން މަރުވެދާނެ، ޕީކްގައި ފަރުވާ ދެވޭނެ ވަރަށް ކެޕޭސިޓީއެއް ނެތް: ސަރުކާރު

ދެން އެމްވީ ، ދެން އޮންލައިން

މި ރޭޓުން ދަންޏާ ފަރުވާ ދެވޭނެ ވަރަށް ކެޕޭސިޓީއެއް ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝީނާ މޫސާ ވިދާޅުވީ މިހާރު ހުރި ލަފާކުރުންތަކަށް ބަލާއިރު ކޮވިޑް-19 ގައި ރާއްޖެ ޕީކަށް ދާއިރު އެންމެނަށް ފަރުވާ ނުދެވޭނެ ކަމަށާއި ރާއްޖޭގައި އެ އެންމެނަށް ފަރުވާދެވޭނެ ވަސީލަތްތަކެއް ނެތް ކަމަށެވެ.

ކުރިއަށް އޮތް 21 ދުވަސް ތެރޭގައި ރާއްޖޭގައި ފަރުވާ ނުދެވޭ ވަރަށް ބަލި މީހުން ގިނަވެ ބޭނުންވާ ވަރަށް ވަސީލަތްތައް ނެތި 2000 ވަރަކަށް މީހުން މަރުވެދާނެ ކަމުގެ އިންޒާރު ވެސް ޑރ ދީފައިވެއެވެ.

"14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ލާން ޖެހޭލެއް ގިނަވާނެ. މިހާރު ދާ ގޮތުން ބައިވަރު އެނދެއް ނެތް. ސިއްހީ ހިދުމަތްތެރިންނެއް ވެސް ނެތް. ހުސް އެނދެއްގައި ބޭއްވިޔަސް ހިދުމަތް ދެވޭކަށް ނެތް. އޭގެ މާނައަކީ މި ހާލަތުގައި ތިބެން ވެއްޖިއްޔާ 2000 މީހުން މަރުވެގެން ހިނގައިދާނެ." ޑރ.ޝީނާ ވިދާޅުވިއެވެ.

ރާއްޖެ ޕީކަށް ދާނީ މަހެއްހާ ދުވަސް ފަހުންކަމުގައި ބެލެވޭ ކަމަށް ވެސް ޑރ. ޝީނާ ފާހަގަކުރެއްވިއެވެ.

މިހާތަނަށް މާލެއިން 8 މީހަކު ވަނީ ފައްސިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!