ޚަބަރު

މާލެއިން ފައްސިވި މީހުންނާ ސީދާ ބައްދަލުވި 274 މީހަކު ހޯދައިފި

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން ކޮވިޑް19އަށް ފައްސިވި މީހުންނާ ސީދާ ބައްދަލުވި 270 މީހަކު މިހާތަނަށް ހޯދިފައިވާ ކަމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށާއި މިހާތަނަށް ގިނަ އަދަދެއްގެ ޑައިރެކްޓް ކޮންޓެކްޓްސް ހޯދިފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް ފައްސިވި މީހުންނާ ގުޅުންހުރި 274 ޕްރައިމަރީ ކޮންޓެކްޓްސް ހޯދިފައިވާ ކަމަށާއި މި ކޮންޓެކްޓުންގެ އަލާމާތްތައް ހުރުމުން، އެމީހުންގެ އިތުރު ކޮންޓެކްޓްސް ވެސް އެކަހެރި ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ،

ޑރ. ނަޒްލާ ވިދާޅުވީ މަސައްކަތް ބާރަށް ކުރިއަށްދާނީ އަދި ބަލިން ރައްކާތެރިވުމުގެ ފުރުސަތު ބޮޑުވާނީ ހުރިހާ އެންމެންވެސް ވީހާވެސް އަވަހަކަށް ތަފްސީލުކޮށް ތެދު މައުލޫމާތު ފޯރުކޮށްދީގެން ކަމަށެވެ.

މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން މިއަދު ވަނީ ނިންމާފައެވެ.

އަދި މިއަދު ހަވީރު 6:00 އިން ފެށިގެން ޒަރޫރީ ބޭނުމެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގަވާފައެވެ.

އަދި އެ ފިޔަވަޅު އަޅާފައިވާ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެ ނޫންވެސް ޟަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރަން ވަނީ އަންގާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!