ޚަބަރު

މި ވަގުތު ވެސް 100 ވަރަކަށް ޕޮޒިޓިވް ކޭސް އުޅޭނެ: ޑރ. ޝީނާ

ދެން އެމްވީ ، ދެން އޮންލައިން

މި ވަގުތު ވެސް 100 ވަރަކަށް ޕޮޒިޓިވް ކޭސް އުޅޭނެ ކަމަށް ޑރ. ޝީނާ ވިދާޅުވެއްޖެއެވެ.

Ads by MWSC

ނޭޝަނަލް އެމަޖެންސީ އޮޕްރޭޝަން ސެންޓަރުގައި މިރޭ ކުރިއަށް ދިޔަ އޮންލައިން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ އަދި މިހާތަނަށް 10 ކޭސް ފެނިފައިވީނަމަވެސް މިހާރު 100 އާ ގާތް ކުރާ ވަރަކަށް ޕޮސިޓިވްވެފައިވާ މީހުން އުޅޭނެ ކަމަށެވެ.

"އެހެންވީމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ނޫނީ މިކަމަކުން ސަލާމަތެއް ނުވެވޭނެ. އެހެންވީމަ ވަރަށް ބޮޑަށް ސޯޝަލް ޑިސްޓެންސިން ބަހައްޓަން އެބަޖެހޭ." ޑރ.ޝީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް 21 ދުވަސް ތެރޭގައި ރާއްޖޭގައި ފަރުވާ ނުދެވޭ ވަރަށް ބަލި މީހުން ގިނަވެ ބޭނުންވާ ވަރަށް ވަސީލަތްތައް ނެތި 2000 ވަރަކަށް މީހުން މަރުވެދާނެ ކަމުގެ އިންޒާރު ވެސް ޑރ ދީފައިވެއެވެ.

މިހާތަނަށް މާލެއިން 8 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ. އެއާއެކު ވައިރަހަށް ފައްސިވި މީހުންގެ ޖުމްލަ އަދަދުވަނީ 28 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 15 ބިދޭސީންނެވެ.

ވައިރަހަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުން ދަނީ 10 މީހުނަށެވެ. އަދި 16 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!