ޚަބަރު

އެނދު ނެތިގެން ފަރުވާ ނުދެވިއްޖެއްޔާ ޖެހޭނީ ދޫކޮށްލަން: ސަރުކާރު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ހާލަތު އެންމެ ގޯސްވެގެން އެނދު ނެތިގެން ފަރުވާ ނުދެވިއްޖެ ހާލަތެއްގައި ޖެހޭނީ ދޫކޮށްލަން ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

ކޮވިޑް-19 އާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވީ މިހާރު މިހާރު މިދާ ރޭޓުން ދާނަމަށް، ރާއްޖެ ޕީކަށް ދާނީ މަހެއްހާ ދުވަސް ފަހުން ކަމަށެވެ. އަދި މި ޓްރެންޑުގައި މިކަން ދާނަމަ، ލައްކައެއްހާ މީހުން ފައްސިވާނެ ކަމަށާއި، އެހާލަތުގައި ހުރިހާ އެންމެނަށް ފަރުވާ ނުދެވޭނެ ކަމަށް ޝީނާ ވަނީ ވިދާޅުވެފައެވެ.

"މާލޭގައި ހަލުވިކަމާ އެކު، ބަލި ފެތުރޭ ނަމަ، އަތޮޅުތެރެއިން ހުރިހާ ސިއްހީ ހިދުމަތްތެރިން ގެނައި ނަމަވެސް، ފަރުވާދެވޭނެ ކެޕޭސިޓީއެއް ނެތް. ހަމަ ފަރުވާ ނުދީ ދޫކޮށްލަން ޖެހޭނީ. އަޅުގަނޑުމެން ސަމާލުވާން ޖެހޭ މިހާރު ވަރަށް ބޮޑަށް." ޑރ.ޝީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި އެ އެންމެނަށް ފަރުވާދެވޭނެ ވަސީލަތްތަކެއް ނެތް ކަމަށްވެސް ޝީނާ ވަނީ ވިދާޅުވެފައެވެ. އަދި މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ޕީކަށް ދާނެ ކަމަށާއި، ރޯދަމަސް ވެގެންދާނީ އެންމެ ގަދަޔަށް ބަލި ފެތުރިގެންދާ ދުވަސްވަރު ކަމަށްވެސް ޑރ. ޝީނާ ވަނީ ވިދާޅުވެފައެވެ.

"ލައްކައެއްހާ މީހުންނަށް ބަލި ޖެހިދާނެ. މިއީ ހަދާފައި އޮތް ދިރާސާއެއް. އެކަމަކު މަހެއްހާ ދުވަހުގެ ތެރޭގައި ޕީކަށް ދާނެ. ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ." ޑރ.ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވަނީ ކުރިއަށް އޮތް 21 ދުވަސް ތެރޭގައި ރާއްޖޭގައި ފަރުވާ ނުދެވޭ ވަރަށް ބަލި މީހުން ގިނަވެ ބޭނުންވާ ވަރަށް ވަސީލަތްތައް ނެތި 2000 ވަރަކަށް މީހުން މަރުވެދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!