މުނިފޫހިފިލުވުން

ނިއުމާގެ ނަސޭހަތް: ތިބޭފުޅުންނަށް ހަގީގަތް ނޭނގޭ ކަމެއްގަ ތިގޮތަށް ވާހަކަ ނުދައްކަވާ

ދެން އެމްވީ ، ދެން އޮންލައިން

ފެތުރެމުން މިއަންނަ ކޯވިޑް-19 އަށް ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ނިއުމާ މުޙައްމަދު،ޕޮޒިޓިވްވެފައިވާ ކަމަށް ބުނެ ބައެއް މީހުން ފަތުރަމުން އަންނަ ވާހަކަތައް އޭނާ ދޮގު ކޮށްފިއެވެ.

Ads by Sosun Fihaara

ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓެއް ވެފައިވުމުގެ ސަބަބުން އެޗްޕީއޭ އިން ވަނީ ނިއުމާ ދިރިއުޅޭ ގެއަށް ގޮސް އޭނާގެ ސާމްޕަލް ނަގާފައެވެ.

"މާތް ﷲ ގެ އިރާދަފުޅުން އަޅުގަނޑު މިބައްޔަށް ޕޮޒިޓިވް އެއް ނޫން" ނިއުމާ ބުނެފައިވެއެވެ.

އެޗްޕީއޭ އިން ނިއުމާގެ ސާމްޕަލް ނަގަމުންދިޔަ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް މީސް މީޑިއާގައި ވަނީ ހަލުވިކަމާއެކު ދައުރުވާން ފަށާފައެވެ. އަދި އެފޮޓޯއާއި ބެހޭގޮތުން ބައެއް ދިވެހިން ވަނީ ވަރަށް ވެސް ބޭއަދަބީ އަދި ރަހުމްކުޑަ ބަސްތައް ވެސް ބުނެފައެވެ.

"ތިބޭފުޅުން އާއިލާ ކައިރީގަ ތިއްބެވީމަ ތިބޭފުޅުންނަށް އަޅުގަނޑުގެ އިހުސާސްތައް ނޭނގިދާނެ. އެކަމަކު އަޅުގަނޑު އަޅުގަނޑުގެ އާއިލާއާއި ވެސް ދުރުގަ މިހެން އައިސް އެކަނި ހުންނައިރު، ތިބޭފުޅުންނަށް ހަގީގަތް ނޭނގޭ ކަމެއްގަ ތިގޮތަށް އަޅުގަނޑާ ބެހޭގޮތުން ވާހަކަ ނުދައްކަވާ" ނުހަނު ފުން އަސަރާއެކު ނިއުމާ އެދިފައިވެއެވެ.

ކޯވިޑް-19 ގެ ބިރުވެރިކަން ރާއްޖޭގައި ވެސް އިންތިހާއަށް ފެތުރިފައިމިވާ ދަނޑިވަޅެއްގައި ހަގީގަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށް ސަރުކާރުން ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!