ޚަބަރު

ހައްލު ކުރަން ނުކެރޭ މާލޭ ކުލީގެ ވާހަކަ ދެއްކުން ހުއްޓާލާ: ސައުދު

ދެން އެމްވީ ، ދެން އޮންލައިން

ހައްލު ކުރަން ނެކެރޭ މާލޭ ކުލީގެ ވާހަކަ ދެއްކުން ހުއްޓާލާ އަތޮޅުތަކުގެ ތަރައްގީގެ ފުރުސަތު ފަހިކޮށްދިނުމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ގޮވާލައިފި އެވެ.

Ads by MWSC

މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ސަރުކާރުން ނުވަތަ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހަޅުމުގެ މަސައްކަތް މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި އުފެއްދި ޖަމިއްޔާއަކުން ދަނީ ކުރަމުންނެވެ. އަދި އެ ޕެޓިޝަންގައި ގިނަ ބަޔަކު ދަނީ ސޮއި ކުރަމުންނެވެ.

ކުލީގެ ބަހުސް ބޮޑެވެ، މަޖިލީހުގެ މެންބަރުންގެ ހިޔާލު ވެސް އެ މައްސަލާގައި ތަފާތުވެފައިވާއިރު، މެންބަރު ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ކުލީގެ މައްސަލައަކީ ހައްލު ނުކުރެވުނު މައްސަލައެއް ކަމަށާއި އެހެން ކަމުން އެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އަދި ވެލާ ބިސް އަޅާ ފަދައިން ކޮންމެ ފަސް އަހަރުން މާލެ ސަރަހައްދަށް ތަރައްގީގެ އެތައް މަޝްރޫއުރުތަކެއް އުފަން ކުރުވާ ގޮތަށް އަތޮޅުތަކުގައި ވެސް ސިއްހީ ނިޒާމާ، ތައުލީމީ ނިޒާމް ރަނގަޅުކޮށް، ތަފާތު އިންޑަސްޓްރީތައް ގާއިމުކޮށް ވަޒީފާގެ ފުރުސަތު އުފައްދަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ ބައެއް މެންބަރުން ބުނަނީ މާލޭގެ ކުލީގެ މައްސަލަ ގާނޫނަކުން ހައްލު ނުކުރެވޭނެ ކުރެވޭނެ ކަމަށެވެ. ނަމަވެސް ބައެއް މެންބަރުން ގެންދަވަނީ ކުލި ކޮންޓްރޯލު ވެސް ކުރެވޭނެ ކަމަށާ އަދި ރެގިއުލޭޓު ވެސް ކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!