ޚަބަރު

ކޮވިޑް19: ފޮނަދޫގެ ގެއެއް ކަރަންޓީނަށް

ދެން އެމްވީ ، ދެން އޮންލައިން

ލ.ފޮނަދޫ "ނިޝާން" ކަރަންޓީނު ކޮށްފިއެވެ.

Ads by MWSC

ކޮވިޑް19 ފޮނަދޫ ޓާސްކްފޯހުން ދެންމެ އާންމުކޮށްފައިވާ ގޮތުގައި އެ ގެ ކަރަންޓީނު ކޮށްފައިވަނީ އިއްޔެ މާލެއިން ކޮވިޑް19 އަށް ފައްސިވި މީހަކާއި އެގޭގެ ކުއްޖަކު އެއްތާކުވުމާއި (ޑައިރެކްޓް ކޮންޓްކްޓް) ގުޅިގެންނެވެ.

ފޮނަދޫ ޓާސްކް ފޯހުން ބުނެފައިވަނީ ފައްސިވި މީހާއާއި އެއްތާކުވި ކުއްޖާގެ ޓެސްޓް ކުރެވި ނަތީޖާ ލިބެންދެން އެގެއަށް އެއްވެސް މީހަކު ޒިޔާރަތް ނުކުރުމަށާއި އަދި އެގޭގެ އެއްވެސް މީހަކު ވެސް ބޭރަށް ނުދިޔުމަށް ދަންނަވާ ކަމަށެވެ.

މީގެ ޕޮޒިޓިވްވި ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތާއި، ކޮންޓެކްޓްވި އެއްވެސް ވާނަމަ އެރަށަގެ ޓާސްކް ފޯސްގެ ނަންބަރު 7970214 ކަށް ގުޅުއްވުމަށް އެފަރާތުން އެދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!