ޚަބަރު

ފައްސިވި ބަންގްލަދޭޝް މީހާ އުޅެނީ ދިވެއްސަކާ ކައިވެނިކޮށްގެން

ދެން އެމްވީ ، ދެން އޮންލައިން

މިއަދު މާލެއިން ކޮވިޑް-19 ފައްސިވި ބަންގްލަދޭޝް މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހެއްކަން ކަށަވަރުވެއްޖެ އެވެ.

Ads by Sosun Fihaara

ސަރުކާރުގެ ރަސްމީ މަސްދަރަކުން "ސަން" އަށް މައުލޫމާތު ދެމުން ބުނީ، ފައްސިވި ބަންގްލަދޭޝް މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށެވެ.

ކޮވިޑް-19ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މާލެ އިން ކޮވިޑް-19 އަށް ފައްސިވި ބަންގްލަދޭޝް މީހާ އަކީ ލޭބަ ކުއާޓާއެއްގައި ދިރިއުޅޭ މީހެއް ނޫން ކަމަށެވެ.

މާލެ އިން ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ފައްސިވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. ކުދި ތަންތަންކޮޅުގައި 50 މީހުން ވެސް ތޮއްޖެހިގެން ދިރިއުޅޭއިރު، އެކަކު ފައްސިވުން އެއީ އެތައް ބަޔަކަށް ނުރައްކާ އޮތް ކަމެކެވެ.

ފައްސިވި ބަންގްލަދޭޝް މީހާއަކީ ޕޭޝަންޓް 30 ގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވާ އިރު، ޕޭޝަންޓް 30 އަށް ބަލި ޖެހުނީ އިއްޔެ ބައްޔަށް ޕޮޒިޓިވްވި ޕޭޝަންޓް 27 ގެ ފަރާތުންކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!