ލައިފްސްޓައިލް

ފުލުހެއްގެ ހިތްވަރުގަދަ ބަސްކޮޅެއް: ބަލި ޖެހިދާނެތީ ކަންބޮޑެއް ނުވޭ، ރައްޔިތުންނާއި އާއިލާގެ ޚިދުމަތަށް 24 ގަޑިއިރު މަސައްކަތްކޮށް، ނަފުސު ޤުރުބާން ކުރަން ތައްޔާރު!

ދެން އެމްވީ ، ދެން އޮންލައިން

ފެތުރެމުންދާ ކޮވިޑް19ގެ ބިރުވެރިކަމާއި ނުރައްކާތެރިކަމުގައި އަހަރެމެން މިވަނީ ހާސްކޮށްލާފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅު މަތީ ދެމިތިބެ ﷲ އަށް ދުޢާ ދެންނެވުން ނޫނީ ކުރެވޭނެ ކަމެއް ނެތެވެ.

Ads by STELCO

މި ހާލަތުގައި އަހަރެމެން ތިބި ނަމަވެސް ހިތަށް ފިނިކަން ލިބޭ އެއް ކަމަކީ އަހަރެމެންގެ ސަލާމަތީ ބާރުތަކާއި ޞިއްޙީ ޚިދުމަތްތެރިން ކުރައްވާ މަސައްކަތެވެ. ފުރާނަ ނުރައްކަލަށް ހުރަހޮޅިގެން ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރަށް ޞިއްހީ ޚިދުމަތްތެރިން އެކުރައްވާ މަސައްކަތަކީ އަގުކުރެވެން ނެތް މަސައްކަތެކެވެ. ﷲ ، ތިޔަ ޚިދުމަތްތެރީންނަށް ހެޔޮ ދަރުމަ ދެއްވާށިއެވެ. ރައްކާތެރިކަން ދެއްވާށިއެވެ.

ޚިދުމަތްތެރި ފުލުހުންގެ ވާހަކައަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. ހިތްވަރުގަދަ ފުލުހެއް މީސްމީޑިއާއަށް ދޫކޮށްލި ހިތްވަރުގަދަ ބަސްކޮޅަކަށް ގިނަ ބައެެއްްގެ ލޯތްބާއި ތަޢުރީފް ދަނީ އޮހެމުންނެވެ.

އޭނާ ލިޔެފައިވެއެވެ.

"އަހަންނަކީ ފުލުހެއް ، އަހަންނަަށް ބަލި ޖެހިދާނެތީ ކަންބޮޑެއް ނުވޭ، ނަމަވެސް އާންމު ރައްޔިތުންނާއި އާއިލާއަށް ބަލިމަޑުކަމާއި ކުރިމަތިލާން ޖެހިދާނެތީ ކަންބޮޑުވޭ، 24 ގަޑިއިރު މަސައްކަތްކޮށް ، ރައްޔިތުންނާއި ޢާއިލާ ގެ ޚިދުމަތުގައި އަމިއްލަ ނަފުސް ޤުރުބާން ކުރަން ޖެހުނަސް ފަރުވާލެެއް ނެތް "❤️

I am a Police officer

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!