Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިހާލަތުގައި މާލޭގެ އެއްވެސް މިސްކިތެއްގައި ތަރާވީސް ނަމާދު ނުކުރާނެ: އިސްލާމިކް މިނިސްޓަރު

މިހާލަތުގައި މާލޭގެ އެއްވެސް މިސްކިތެއްގައި ތަރާވީސް ނަމާދު ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޒާހިރު ވިދާޅުވީ މާލޭގައި މިހާރު މިއޮތް ހާލަތު ދެމި އޮވެއްޖެނަމަ ތަރާވީސް ނަމާދު މިސްކިތްތަކުގައި ނުކުރެވޭނެ ކަމަށާއި ތަރާވީސް ނަމާދު އޭރުން ކުރަން ޖެހޭނީ ގޭގައި ކަމަށެވެ.

އަދި އަތޮޅު ތެރޭގައި މިހާރު މިއޮތް ގޮތަށް ދާނަމަ ތަރާވީސް ނަމާދު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ނަމަވެސް ހާލަތު ބަދަލުވެއްޖެނަމަ އަތޮޅުތެރޭގައި ވެސް ތަރާވީސް ނަމާދު ޖަމާއަތުގައި ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މީގެއިތުރުން ފިތުރު ޒަކާތް ގޭގައި ތިބެގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައި ހުންނާނެ ކަމަށާއި، ޒަކާތުގެ ފައިސާ ފަގީރުންގެ އެކައުންޓަށް ޖަމާކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ހާލަތު ރަނގަޅު ވެއްޖެނަމަ ގޮވާމުން ވެސް ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް