ޚަބަރު

ސިފައިންގެއިންގެ ޚިދުމަތުގައި ކުރިން އުޅުނު ފަރާތްތަކަށް ޚިދުމަތައް ނުކުތުމުގެ ފުރުސަތު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ސިފައިން މިހާރު ހިންގާ އޮޕަރޭޝަންގައި ސިފައިންގެއިން ވަކިވެފައިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by STELCO

އެމްއެންޑީއެފުން މިއަދު ބުނީ ކުރިން އެމްއެންޑީއެފްގެ ވަޒީފާގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ކޮވިޑް-19 އޮޕަރޭޝަނަށް ވޮލަންޓިއާ ކުރައްވަން ބޭނުންވާ ފަރާތްތަކުން، ފޯނުން ގުޅުއްވާ ނަންނޯޓް ކޮށްދެއްވުން، ނުވަތަ ނަމާއި ނަންބަރު އީމެއިލް ކޮށްދިނުމަށް އެދޭ ކަމަށެވެ.

އެމްއެންޑީއެފުން މި ފުރުސަތު ހުޅުވާލާފައިވާއިރު ސިފައިންނާއި ފުލުހުން އަންނަނީ މާލޭގެ ގެތަކާއި ފިހާރަތަކަށް އޯޑަރުކޮށްފައިވާ ތަކެތި ގެންގޮސްދިނުމުގައި ހަރަކާތްތެރިވަމުންނެވެ.

މާލެއިން ކޮވިޑް19 ފެނިފައިވުމާއި އެކު މާލެ ލޮކްޑައުންކޮށް ފިހާރަތަކުން ގެތަކަށް ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތުގައި ވޮލަންޓިއަރު ކޮށްދޭނެ ފަރާތްތައް ހޯދުމަށް ޔޫތް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި 300އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!