Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޑެލިވަރީ މަސައްކަތަށް ނިކުންނަވައި، މިނިސްޓަރު މަހުލޫފު މިސާލު ދައްކަވައިފި

ލޮކްޑައުންގެ ހާލަތުގައި މާލޭގައި އާންމުނަށް ކާބޯތަކެތި ޑެލިވަރީ ކުރުމުގައި ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ބައިވެރިވެވަޑައިގަތް މިސާލު ދައްކަވައިފިއެވެ.

މިނިސްޓަ މަހްލޫފް ނިކުންނެވީ ވީބީ މާޓުގެ މުވައްޒަފުންނާ އެކު ވީބީގެ ޑެލިވަރީތަކަށެވެ. މިނިސްޓަރު ވިދާޅުވީ މުދާ އުފުލާ ފަރާތްތަކުން ވެސް އަދި މުދާ ލިބިގަންނަ ފަރާތްތަކުން ވެސް އެޗްޕީއޭގެ ލަފަޔާ އެއްގޮތަށް އަމަލުކުރުން މުހިންމު ކަމަށެވެ.

ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތް ކުރިއަށް ގެންދިޔަ ނަމަވެސް އޯޑަރު ގިނަވެ، މުވައްޒަފުން މަދުވުމާ ގުޅިގެން އިއްޔެ ސަލާމަތީ ޚިދުމަތްތަކުން ވެސް ވަނީ ޑެލިވަރީގައި ބައިވެރިވެފައެވެ.

Advertisement
HDC — Sidebar (box)

އަދިވެސް އިތުރު ވޮލަންޓިއަރުން ބޭނުން ވެގެން މިއަދު ހުޅުވާލުމުން ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވާތާ މިއަދަށް ހަތަރު ދުވަސް ވެފައިވާއިރު، މާލެއިން މިހާރު ވަނީ 14 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް