ކޮވިޑް-19 ޖެހުނު އިނގިރޭސިވިލާތުގެ މީހަކު ބީރުވެއްޖެ
ކޮވިޑް-19 ޖެހުނު އުމުރުން 45 އަހަރުގެ އިނގިރޭސިވިލާތަށް ނިސްބަތްވާ މީހެއްގެ ކަންފަތް ބީރުވެއްޖެއެެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެމީހާ ބީރުވެފައިވަނީ ކޮވިޑް ބަލީގެ ސަބަބުންނެވެ. މިއީ އިނގިރޭސިވިލާތުގައި މިފަދަ ކޭސްއެެއް ކުރިމަތިވި ފުރަތަމަ ފަހަރެވެ.
އެއްވެސް ރިޕޯޓެއްގައި ނަންހާމަ ކޮށްފައިނުވާ އެފިރިހެންމީހާއަކީ ނޭވާ ހިއްލުމުގެ ބަލި ހުންނަ މީހެކެވެ. އޭނާއަށް އައިސީޔޫ ގައި ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ހޮސްޕިޓަލުގައި އޮތް ދުވަސްވަރު އޭނާގެ ވާތު ކަންފަތަށް އަޑު ނުއިވެން ފެށި ކަމަށް އޭނާ ބުންޏެވެ. އެއީ ކުރިން އޭނައަށް ދިމާވި ކަމެއް ނޫން ކަމުގައިވެސް ބުނެފައިވެއެެވެ.
މިއާދަޔާ ޚިލާފު ބަލީގެ ސަބަބުން ހަށިގަނޑުގައި އިތުރު ވައިރަސް ތަކެއްް އުފެދިފައިވާ ކަމަށާއި އޭގެ ސަބަބުން އެޗްއައިވީ ފަދަ ބަލިތައް ޖެހިދާނެ ކަމަށް ސައިންޓިސްޓުން ބުނެފައިވެއެވެ
ކޮވިޑްގެ މިއާދަޔާ ޚިލާފު ބަލީގެ ސަބަބުން ކަންފަތަށް އަޑު ނުއިވުނު މިމީހާ އައިސީޔޫ ގައި އޮންނަތާ މިހާރު 30 ދުވަސް ވެއްޖެއެވެ.