ޚަބަރު

3 ދުވަހުން 1 ދުވަހު ކޮންމެ ގެއަކުން ބޭރަށް ނިކުންނަށް ގަޑިއިރެއް ދެނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮންމެ ތިން ދުވަހުން އެއް ދުވަހު ގަޑިއިރަކަށް ކޮންމެ ގެއަކުން ބޭރަށް ނިކުމެވޭނެނެ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭސީޕީ ފައިރޫޝް ވިދާޅުވީ މާލޭގެ ކޮންމެ ގެއަކަށް ތިން ދުވަހުން އެއް ދުވަހު ކޮންމެވެސް އެކަކަށް އެއް ގަޑިއިރަށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނެ ގޮތް މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

އެގޮތަށް ބޭރަށް ނިކުމެވޭނީ ޕޮލިސްގެ ޕޯޓަލް އިން ފޯމެއް ފުރުމުން ކަމަށް އޭސީޕީ ފައިރޫޝް ވަނީ ވިދާޅުވެފައެވެ.

އޭސީޕީ ފައިރޫޝް ވިދާޅުވިގޮތުގައި އެ ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭނީ ވަކި ސަރަހައްދަކަށް ކަމަށެވެ. އަދި އެއީ ކޮން ސަރަހައްދެއްކަން އެޕްލައި ކުރާ މީހުނަށް އެނގޭނެ ކަމަށް އޭސީޕީ ފައިރޫޝް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!