ދުނިޔެ

ދުނިޔެއަށް އައުމުގެ ރުއިމާއެކު އަތުލީ ޑޮކްޓަރުގެ މާސްކު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އައުމަށްފަހު އެންމެ ފުރަތަމަވެސް ކުރާ ކަމަކީ ރޯން ފެށުމެވެ.

Ads by Sosun Fihaara

ދުބާއީ އަށް އުފަންވި ތުއްތު މި ކުއްޖާ ވެސް އެންމެ ފުރަތަމަ ކުރި ކަމަކީ އެއީއެވެ. ނަމަވެސް އެއާއެކު، އެންމެންގެ ސަމާލުކަން ދަމައިގަތް އެހެން ކަމެއްވެސް އެކުއްޖާ ކުރިއެވެ. ދުނިޔެއައުމުގެ ރުއިމާއެކު އަތުލީ ޑޮކްޓަރުގެ މޫނުމަތީގައި އަޅައިގެން ހުރި މާސްކެވެ.

އިއްޔެ ހިނގި މިމަޖާ ވަގުތުކޮޅު އެތުއްތު ކުއްޖާގެ ބައްޕައަށް ވަނީ ފޮޓޯ ނެގިފައެވެ. އެނގިފައިވާ ގޮތުގައި ދުބާއިގެ އަންހެނަކު ވަނީ އެއްމާބަނޑު ދެކުދިން ވިހާފައެވެ. ޑރ. ސަނީރް ޗީޕް ނަމަކަށް ކިޔާ ޑޮކްޓަރެއްގެ މާސްކު ނަގާފައިވަނީ އެތަނުން ހަގު ދަރިފުޅެވެ.

ކުއްޖާގެ ބައްޕަ ބޭނުންވީ އެޑޮކްޓަރާއެކު ފަހަރަކު ކުއްޖެއްގެ ފޮޓޯ ނަގާށެވެ. މިފޮޓޯ ނެގުނީ އެފަދައިން ނެގި ފޮޓޯ އެއްގެ ތެރޭގައެވެ.

މީސްމީޑިއާގައި ދައުރުވި މިފޮޓޯއަށް އެތައް ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!