ޚަބަރު

މާފުނުދޭ ގައިދީއަކު މިނިވަންކުރަން އެންގި މައްސަލައެއް އޭސީސީ އަށް

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފު ނުދެއްވާ ގައިދީއަކު ދޫކޮށްލަން އެންގި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިފިއެވެ.

Ads by Sosun Fihaara

އާންމު ފަރާތަކުން އޭސީސީއަށް ހުށައަޅާފައިވާ ސިޓީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށް ދިނުމަށް އަންގާފައި ނުވާ ޤައިދީއެއްގެ އަދަބު ލުއިކޮށްދިނުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ސޮއިކޮށް 24 އޭޕްރީލް 2019 ގައި ލިޔުން ދޫކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮމިޝަނަރ އޮފް ޕްރިޒަަންސް، ލ. ގަން ތުނޑި، އެދީވިލާ، މަޢުޞޫމް މޫސާ މިނިވަންކޮށްފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާއަށް ނާޖާއިޒު މަންފާއެއް ހޯދައިނުމަށް ކަމަށްވެސް އެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ. އެހެން ކަމުން މައްސަލަ ތަޙްޤީޤު ކޮށްދެއްވުމަށް އޭސީސީގައި ވަނީ އެދިފައެވެ.

ސިޓީގައި ބުނެފައިވަނީ މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ޤައިދީން މިނިވަން ކުރުމަށް ހިންގާފައިވާ ޕްރޮގްރާމްގެ ތެރެއިން އަދަބު ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިލައްވާފައިވަނީ ރ. މަޑުއްވަރީ، މުޝްތަރީގެ، އާދަމް ރިޝްވާން ކަމަށެވެ. ރިޝްވާންގެ އަދަބު ލުއިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިލައްވާފައިވަނީ 18 އޭޕްރީލް 2019 ގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!