ޚަބަރު

މިފަދަ ދަނޑިވަޅެއްގައި ކާޑު ހުސްވެއްޖެ ކަމަށް ބުނެ ދޮގު ވާހަކަ ފެތުރުމަކީ ދެވޭ އަނިޔާއެއް: އަމްރު

ދެން އެމްވީ ، ދެން އޮންލައިން

މިފަދަ ދަނޑިވަޅެއްގައި ރާއްޖެއިން ކާޑު ހުސްވެއްޖެ ކަމަށް ބުނެ ދޮގު ވާހަކަ ފެތުރުމަކީ ދެވޭ އަނިޔާއެއް ކަމަށް އެސްޓީއޯ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އަމްރު މިހެން ވިދާޅުވީ "އެމްވީކްރައިސިސް" ނަމުގައި ހިންގާ ޓެލެގްރާމް ގްރޫޕުގައި އެސްޓީއޯގައި އާދައިގެ ހަނޑުލާއި ބާސްމަތީ ހަނޑު ހުސްވެއްޖެ ކަމަށް ބުނެ ހަބަރު ފަތުރާފައިވާތީއެވެ.

އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސްޓީއޯގެ storate.sto.mv/Staples ވެބްސައިޓުން ރާއްޖޭގެ އެކި ހިސާބަށް ކާޑު ގެންގޮސްފައިވާ މިންވަރާއި ތަފްސީލު ސާފުކޮށް ލިބެމުންދާނެ ކަމަށެވެ. އަދި މިހާރުވެސް އެތަކެތި ގެންދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!