ޚަބަރު

މަހްލޫފް ޑެލިވަރީއަށް ނިކުންނެވީ ސަމާލުކަން ހޯދަން: މުއާ

ދެން އެމްވީ ، ދެން އޮންލައިން

ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ޑެލިވަރީ ހިދުމަތަށް ނިކުންނެވީ ސަމާލުކަން ހޯދަން ކަމަށް ކުރީގެ އެންސީއޭގެ ކޯޑިނޭޓަރ އަދި މަޝްހޫރު ފިލްމު ކުޅުންތެރިޔާ އަބްދުﷲ މުއާޒު ބުނެފިއެވެ.

Ads by Sosun Fihaara

މާލޭގެ ފިހާރަތަކުގެ މުދާ ޑެލިވަރީކޮށްދިނުމަށް ވޮލަންޓިއަކުރި މީހުންނާ އެކު ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް މަސައްކަތަށް ނުކުންނެވީ މާލޭގެ ފިހާރަތަކަށް ދިމާވެފައިވާ ޑެލިވާ ކުރުމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުންނެވެ.

މިކަމާ ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި މުއާ ބުނީ ސަމާލުކަން ހޯދަން މިނިސްޓަރު މަހްލޫފް ޑެލިވަރީއަށް ނިކުންނާކަށް ނުޖެހޭ ކަމަށެވެ.

"ތިހެންވެ އާންމު ރައްޔިތުން ބަވަނީ. މިހުންގެ ސަމާލުކަން ހޯދަން އުޅުނަސް ބޮޑުވަރު." މުއާ ބުންޏެވެ.

މިނިސްޓަރު މަހްލޫފް ރޭ ވިދާޅުވީ ޑެލިވާ ކުރުމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެކަމުގައި އެހީވާން ބޭނުންވާ މީހުންނަށް އިއްޔެ ފުރުސަތު ހުޅުވާލުމުން 300 އަށް ވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓަރ މަހްލޫފް މިއަދު ވިދާޅުވި އެވެ. އަދި ވީ އެންމެ އަަވަހަކަށް މަސައްކަތް ފަށާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

މިނިސްޓަރު މަހްލޫފްގެ މި މަސައްކަތުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އޭނާ އަށް ތައުރީފު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!