ދުނިޔެ

ފާހާނައަށް ވަނުމުން ފެނުނީ މާސިންގާ ހަރުފައެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޔޫކޭގައި ދިރިއުޅޭ އަންހެނެއް ފާހާނައަށް ވަނުމަށްފަހު ކުޑައިރުކޮޅެއް ވަންދެން މަޑުކޮށްލުމުން އެއްޗެެއް ތެޅޭހެން ހީވުމުގެ ސަބަބުން ބަލާލި ބަލާލުމަށް ފެނުނީ ދުނިޔޭގެ އެންމެ ބޮޑު ވައްތަރުގެ ހަރުފައެކެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތަކުން ޚަބަރު ލިބިފައިވާ ގޮތުގައި، މި ހަރުފައިގެ ދިގުމިނުގައި 8 ފޫޓު ހިމެނެއެވެ. އަދި މި ހަރުފަ އެ ފާހަނާއަށް ވަދެފައިވަނީ ކޮން ތަނަކުން ކަމެއް އެނގިފައި ނުވާ ކަމަށެވެ. އަދި އެ އަންހެން މީހާއަށް އެ ހަރުފަ ފެނުނު ވަގުތު ހަރުފަ އޮތީ ސިންކުގައި އޮޅާލައިގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން ވަނީ އެ ހަރުުފަ ހިފުމަށްފަހު އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި ހަރުފަ ހިފުމަށް މާބޮޑު މަސައްކަތް ތަކެއް ކުރަން ނުޖެހުނު ކަމަށާއި، އެ ހަރުފައަށް ފެންފޮދެއް ދިނުމުގެ ސަބަބުން ވަރަށް ފަސޭހައިން ފުލުހުން ގެނައި ފޮށިތެރެއަށް އެ ހަރުފަ ލެވުނު ކަމަށްވެސް ބުނެފައިވެއެވެ،

މިހަރުފައަކީ ދުނިޔޭގެ އެންމެ ބޮޑުވާ ޒާތުގެ ހަރުފައެކެވެ، ސައިންސްވެރިން މި ހަރުފައަށް ދީފައިވާ ނަމަކީ "ބޯ ކޮންސްޓްރިކްޓާ" އެވެ. ސައިންސްވެރިން ބުނެފައިވާ ގޮތުގައި މި ހަރުފައަކީ 20 އަހަރާއި 30 އަހަރުގެ މުއްދަތަކަށް ދިރިއުޅެވޭނެ ހަރުފައެކެވެ. އަދި އެންމެ ދިގުވެގެން ވެސް 13 ފޫޓަށް ދިގުވާ ހަރުފައެއް ކަމަށް ވެސް ސައިންސްވެރިން ބުނެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!