ޚަބަރު

ލަންކާއިން ހަ ދިވެހިން ހައްޔަރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ސްރީލަންކާއިން ހަ ދިވެއްސަކު މިއަދު ހައްޔަރު ކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދުގެ ވަގުތެއްގައި ހަ ދިވެހިން ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީއިން ގެންދަނީ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

"އެމްބަސީގެ ކޮންސިއުލާ ސްޓާފުން މިވަގުތު ޕޮލިސް ސްޓޭޝަންގައި ދަނީ ހަރަކާތްތެރިވަމުން." ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެ މީހުން ހައްޔަރުުކުރި ސީދާ ސަބަބެއް އެ މިނިސްޓްރީން ހާމައެއް ނުކުރި އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ލަންކާގެ ފުލުހުން މިއަދު ހަ ދިވެހިން ހައްޔަރުކުރީ ޕާސްޕޯޓް ނެތި އެ ގައުމުގައި ދިރިއުޅެމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!