Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ށ.  އަތޮޅުގެ ތިން ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި

ށ.  އަތޮޅުގެ ތިން ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި
ށ.  އަތޮޅުގެ ތިން ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ފަށައިފިއެވެ. ށ. ނަރުދޫ، ޅައިމަގު އަދި ފީވަކުގައި ލެބޯޓަރީގެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީ ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ސިއްހީ މަރުކަޒުގައި ބޭޢްވި ހާއްސަ ރަސްމިއްޔާތުތަކެއްގައެވެ. އެ ތިން ރަށުގައި ލެބޯޓަރީގެ ހިދުމަތް ފެށުމުން ޓެސްޓުތައް ހަދަން އެހެން ރަށްރަށަށް ދާން ޖެހޭ މިންވަރު ކުޑަވެގެންދާނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. އަދި މިހާތަނަށް ލެބޯޓަރީގެ ހިދުމަތް ލިބެން ނެތް 76ރަށެއްގައި މި ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ.

އަދި ށ. އަތޮޅުގެ ތިން ރަށެއްގައި ހުޅުވި ލެބޯޓަރީއާއެކު މި ސަރުކާރުން އަތޮޅުތަކުގައި ހުޅުވި ލެބޯޓަރީގެ އަދަދު 21އިން މައްޗަށް ވަނީ އަރައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް