Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕީޖީގެ އިންޒާރު: ތެދު މަޢުލޫމާތުދީ، ނޫނީ ޖަލަށް ދޭ!

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ކަމާ ބެހޭ އިދާރާތަކަށް ތެދު މައުލޫމާތު ނުދޭތީ، އޭނާއަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު އިންޒާރު ދެއްވައިފި އެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު ކޮންޓެކްޓް ޓްރޭސިންގްގައި ތެދު މަޢުލޫމާތު ނުދޭ މައްސަލަ އާ ގުޅިގެން ޕީޖީ ޝަމީމްގެ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މީހާ މައުލޫމާތު ނުދިނަސް، އޭނާ ދިޔަ ތަންތަނާއި އޭނާއާ ބައްދަލުވި މީހުންގެ މައުލޫމާތު ފުލުހުންނަށް ހޯދޭނެ ކަމަށެވެ. އަދި އޭނާ ބުނާ ބުނުމާއި ތަހުގީގަށް ހޯދޭ މައުލޫމާތު ދިމާނުވާ ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން ގިނަ ދައުވާތަކެއް ކުރެވި، އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށް ވެސް ލިއުއްވި އެވެ. އަދި ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ކަންކަމުގައި އެއަށް ވުރެ އަދަބު އިތުރަށް ބޮޑު ކުރެވިދާނެ ކަމަށް ވިދާޅުވެ ވެސް އިންޒާރު ދެއްވި އެވެ.

"މައުލޫމާތު ދީ، އެހެން ނޫނީ ޖަލަށް ދޭ." ޝަމީމް ވިދާޅުވި އެވެ.

Advertisement
Allied Insurance — Square (box)

ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހަކާ ބައްދަލުވި މީހުންގެ މައުލޫމާތު ހޯދަން ކުރަމުން އަންނަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ތެދު މައުލޫމާތު ނުދޭ މައްސަލައެއް މިހާރު ވަނީ ފެންމަތިވެފައިވާއިރު އޭނާ ތެދު މައުލޫމާތު ނުދީފި ނަމަ، އޭނާގެ މައުލޫމާތު އާންމު ކުރާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯއީސީ) އިން މިއަދު ވަނީ ބުނެފަ އެވެ.

ޝަމީމް ވިދާޅުވީ މި ހާލަތުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް އޮންނާނެ ކަމަށާއި އެގޮތުން މައުލޫމާތު ނުދޭ މީހުންގެ މައުލޫމާތު ވެސް ހާމަކުރެވިދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް