ޚަބަރު

ވަޒީފާއަށްދާތީ ގެއިން ނިކުންނަަށް އެންގި ކުއްޖެއް: އަހަންނަށް ތިހެން ނުހަދާ! އަހަންނަކީ ވައިރަހެއް ނޫން!

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް-19ގެ ނުރައްކާ މިހާރު މާލޭގައި ވެސް ފެތުރެން ފެށުމުން ސަރުކާރާއި ކަމާއިބެހޭ ފަރާތްތަކުން ވެސް އެންމެ ބޮޑަށް ގޮވާލަމުން އަންނަ އެންމެ މުހިންމު އެއް ކަމަކީ ގޭގައި ތިބުމެވެ.

Ads by STELCO

މިބަލީގެ ގޮތުންނާއި ބައްޔަށް ފަރުވާއެއް ވެސް އަދި ހޯދިފައި ނުވުމުން އެންމެން ވެސް މިބަލި ޖެހިދާނެތީ ބިރުގަނެ ، ހާސްވެއެވެ. އެހެންކަމުން ގިނަ މީހުން ތިބެނީ ބަސް އަހައިގެން ގޭގައެވެ.
ނަމަވެސް މިހެންވެސް ގޭގައި ތިބެވެން ނެތް ބަޔަކު އެބަތިއްބެވެ. އެއީ ރައްޔިތުންނަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ދޭން ތިބި މީހުންނެވެ.

އޭގެ ތެރެއިން އެއް ބަޔަކީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް އެމީހުންނަށް ފޯރުކޮށްދޭން ފިހާރަތަކުގައި މަސައްކަތްކުރާ މީހުންނެވެ. ނަމަވެސް އެމީހުންނާ ދޭތެރެއިން ބައެއް ދިވެހިން ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށެވެ.

"އަހަންނަކީ މާލޭގައި ކުދިން ބަހައްޓާ ގެއެއްގައި ހުންނަ މީހެއް. މަހަކު 3000 ރުފިޔާ ދައްކައިގެން ހުންނަނީ. އަހަރެން މަސައްކަތް ކުރަނީ ފިހާރަ އެއްގަ.
މިކަހަލަ ދުވަސްތަކެއްގައި ވަޒީފާއަށް ދާތީ ގޭގެ ވެރިން ތިބެނީ ވަރަށް ބިރުން. އެމީހުންގެ ބިރު އަހަންނަށް ވިސްނޭ. އެމީހުން ކުށްވެރިއެއް ވެސް ނުކުރަން.
އެކަމަކު މިހާރު އެމީހުން އަހަރެން ކައިރީ ބުނެފި، މިކަންތައްގަނޑު ނިމެންދެން ދިރިއުޅޭނެ އެހެންތަނެއް ހޯދަން.
ގެއިން ބޭރަށް ނިކުތަސް އަހަރެން އުޅެނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން. މާސްކު އަޅަން، ދެ އަތަށް އަންގިވެސް ލައްވައިގެން އުޅެނީ، ސެނިޓައިޒަރ ބޭނުން ކުރުމުގެ އިތުރުން އަތް ދޮންނަން. މީހުންނާއި ދުރުމިން ބަހައްޓަން. ވަޒީފާއިން އައުމަށްފަހު އަވަހަށް ފެންވަރާއި ލައިގެން ހުންނަ އެއްޗެހި ވެސް ބަދަލު ކުރަން.
އެކަމަކު ކަންތައް ކުރަނީ ރަނގަޅަކަށް ނޫން. ގޭގައި ބޯނެ ފެންފޮދެއް ނެތިގެން ފެން ފުޅިއެއް ލިބޭތޯ އަަހަރެން ހުއްދަ ނަގައިގެން ބައެއް ފިހާރަތަކަށް ދިޔައިން. އެކަމަކު 7 ނޫނީ 8 ފިހާރައަށް ދިޔަފަހުން އަހަންނަށް ލިބުނީ ކުޑަ ފެންފުޅީގެ ދެ ފުޅިން ފެން. އޭގެ ކުރިން ދިޔަ ފިހާރަތަކުގަ ވެސް ފެން ހުރި. އެކަމަކު އެމީހުން ގަސްތުގަ އަހަންނަށް ފެން ނުވިއްކި.
އަަހަރެން ގެއަށް ވަންނައިރަށް ގޭގައި ތިބޭ އެންމެން އެމީހުންގެ ކޮޓަރިތަކަށް ވަދެ ފިލާ. އަހަރެން ފެން ވަރައިގެން ހުއްޓަސް ގޭގައި އުޅޭ ކުޑަ ކުއްޖާ ކައިރީގައި ވެސް ބުނެފަ ހުންނަނީ އަހަންނާ ވާހަކަ ވެސް ނުދައްކަން.
ވަޒީފާ އަދާ ނުކޮށް އަހަންނަށް އުޅެވޭނެ ނަމަ އަހަރެންވެސް ގޭގައި އޮންނާނަން. އަހަރެންގެ ފަރާތުން މީހަކަށް ބައްޔެއް ޖެހޭކަށް އަހަރެން ވެސް ބޭނުމެއް ނޫން. އެކަމަކު އަހަންނަކީ ވެސް ވައިރަހެއް ކަމަށް ދެކިގެން، އެފަދައިން އަހަންނާމެދު ޢަމަލު ނުކުރޭ!" މިއީ މާލޭގައި އަމިއްލަ ގެދޮރު ނެތް، އާއިލާއާއި ދުރުގައި ދިރިއުޅެމުން އަންނަ ޒުވާނަކު ކިޔައިދީފައިވާ ވާހަކައެކެވެ.

ގެތަކުގައި ބައިތިއްބާ، ވަޒީފާއަށްދާ ކުދިންނާމެދު ބައެއް ފަރާތްތަކުން މިފަދައިން ކަންތައް ކުރާއިރު، ކުއްޔަށް ތަންތަން ދީގެން އުޅޭ ބައެއް މީހުން ވަނީ ގޭގޭގެ ކުލިވެސް ބޮޑު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!