ޚަބަރު

ފައްސި ވިޔަސް ނުވިޔަސް އެ މީހެއްގެ ފޮޓޯ އާންމު ނުކުރޭ، ފިޔަވަޅު އަޅާނަން: ޑރ. ނަޒްލާ

ދެން އެމްވީ ، ދެން އޮންލައިން

ފައްސިވާ މީހުންނާއި ފައްސި ނުވާ މީހުންވެސް ބަލި ޖެހިފައޭ ކިޔާފައި ފޮޓޯ އާންމު ކުރާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅު ވެއްޖެއެވެ.

Ads by STELCO

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ފައްސިވިހެން ހީވާ މީހާގެ ފޮޓޯ މީސް މީޑިއާގައި އަދިވެސް ހިއްސާކުރަމުން އަންނަތަން ފާހަގަވާކަމަށެވެ. އެގޮތުން އާންމު ކުރާއިރު ކޭސްނޫން މީހެއްގެ ފޮޓޯވެސް އާންމުކޮށްފައިވާކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

އަދި ބަލި ޖެހޭމީހުންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ރަނގަޅުކަމެއް ނޫންކަން ކިތަންމެ ފަހަރަކު ދަންނަވާފައިވާކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ.

ބަލި މީހާގެ ޒާތީ މައުލޫމާތު އެޗްޕީއޭއަށް ވެސް އާންމު ކުރެވެނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދެއްގެ ދަށުންކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ. އަދި ވަރަށްފަހު ވަނީ އެ ގަވައިދު އާންމުވެސް ކޮށްފައެވެ.

އަދި ޑރ. ނަޒްލާ ވިދާޅުވީ އެގޮތަށް މީހުންގެ ފޮޓޯ ޖަހައިގެން ސޯޝަލްމީޑީއާގައި ދައުރުކުރާ ކަމުގައިވާނަމަ އެކަން ފުލުހަށް ހުށަހަޅާނެކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!