ޚަބަރު

މައުލޫމާތު ހިއްސާ ނުކުރި މީހާ އެއްބާރުލުން ދޭން ފަށައިފި: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތު ހިއްސާ ނުކުރި މީހާ މިހާރު އެއްބާރުލުން ދޭން ފަށައިފި ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

Ads by Sosun Fihaara

އެމީހާ އެއްބާރުލުން ނުދޭ މައްސަލަ ފުލުހަށް ވެސް ހުށަހެޅިއިރު، އެވަރުން ވެސް އެއްބާރުލުން ނުދީފިނަމަ އެމީހާގެ ޒާތީ މައުލޫމާތު މިރޭ އާއްމު ކުރާނެ ކަމަށް އެޗްޕީއޭ އިން މީގެކުރިން އޮތީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ އެމީހާ މިހާރު އެއްބާރުލުން ދޭން ފަށާފައިވާ ކަމަށާއި ހޯދަން ބޭނުންވި ތަފްސީލުތައް ވެސް މިހާރު ލިބެމުން އަންނަ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވެސް ފައްސިވާ މީހުން ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެދޭ ކަމަށާއި ޒާތަށް ހަޑި ނަމެއް ނުލިބޭނެ ފަދަ ގޮތަކަށް އެ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމީހުންނާއި އެޗްޕީއޭ އިން އެކަހެރިކޮށްފައި ތިބޭ މީހުންގެ ތެރެއިން ކިޔަމަންނުވާ މީހުންގެ ނަން ހާމަކުރުމުގެ ބާރު ލިބިދޭ ގަވާއިދު ދާދިފަހުން ވަނީ ގެޒެޓްކޮށްފައެވެ.

މާލެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 31 އަށް އަރާފައެވެ. އެއީ 14 ދިވެހިންނާއި 17 ބިދޭސީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!