ޚަބަރު

އުލިގަމުން ފައްސިވި މީހާއާ ގުޅުން ހުރި 131 މީހަކު ދެނެގަނެފި

ދެން އެމްވީ ، ދެން އޮންލައިން

ހއ. އުލިގަމުން ކޮވިޑް-19 އަށް ފައްސިވި މީހާއާ ގުޅުން ހުރި 131 މީހަކު ދެނެގަނެފިއިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ވިދާޅުވީ ކޭސް 52 އާއި ސީދާ ބައްދަލުވި 131 މީހުން ދެނެގަނެވިފައި ވާކަމަށެވެ. ކޭސް 52 އަކީ ހއ. އުލިގަމުން ކޯވިޑް-19 އަށް ފައްސިވެފައިވާ މީހާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މި މަހުގެ 15 ވަނަ ދުވަހު ހެނދުނު މާލެއިން ގޮސްފައިވަނީ ހއ. އިހަވަންދޫގެ ކަނޑު ބޯޓެއްގަ އެވެ. އެހެންވެ، އެ ބޯޓުގައި އެކި ރަށްރަށަށް ދިޔަ މީހުން ތިބިއިރު މިހާރު ވަނީ ހަތް ރަށެއް މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ.

މިއީ މާލެއިން ބޭރުން، މީހުން ދިރިއުޅޭ ރަށަކުން ކޮވިޑް-19 ޖެހިފައިވާ މީހެއް ފެނުނު ފުރަތަމަ ފަހަރެވެ. އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ.

މިބައްޔާއި ގުޅިގެން މޮނިޓަރިންނަށް ގެނެސްފައިވާ ތިލަދުންމަތީގެ ހަތް ރަށަކީ ހއ. އޮތޮޅުގެ ފަސްރަށް ކަމަށްވާ ހއ. އުލިގަމު، ތުރާކުނު، އިހަވަންދޫ، ތަކަންދޫ، ހޯރަފުށި އަދި ހދ. އަތޮޅުގެ ދެ ރަށް ކަމަށްވާ ވައިކަރަދޫ، ހިރިމަރަދޫ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!