ޚަބަރު

ޗައިނާ އިން 10،000 ، ޗައިނާ ވިޔަފާރި ވެރިއެއް 10،000 ޓެސްޓުކިޓު ރާއްޖެއަށް ދެނީ

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާއިން ހަދިޔާ ކުރާ 10،000 ޓެސްޓުކިޓާއި ޗައިނާ ވިޔަފާރިވެރިއަކު ހަދިޔާ ކުރާ 10،000 ޓެސްޓު ކިޓު ރާއްޖެއަށް ވަރަށް އަވަހަށް ލިބިގެންދާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.

Ads by MWSC

މިހާރު ކުރިއަށްދަމުންދާ ނޫސްވެެރިންގެ ބައްދަލުވުމުގައި މިހާރު ޓެސްޓުކުރުމުގެ ޤާބިލުކަން ހުރި މިންވަރާއި އެކަން ފުޅާ ކުރަމުން އަންނައިރު މަސައްކަތާއި ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮވިޑް19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކުރިއަށް ދުވަސްތަކުގައި ޗައިނާ ސަރުކާރުންނާއި ޗައިނާ ވިޔަފާރިވެރިއަކު ހަދިޔާ ކުރާ 20،000 ޓެސްޓުކިޓު ވަރަށް އަވަހަށް ލިބިގެން ދާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި މީގެ އިތުރުން ޑަބްލިޔުއެޗްއޯ އިން ހަދިޔާ ކުރާ 5000 ޓެސްޓުކިޓު ރާއްޖެއަށް ދޭގޮތަށް ވެސް ވަނީ ނިންމާފައެވެ. މި ހަފްތާ ތެރޭގައި މި ޓެސްޓު ކިޓުތައް ލިބިގެންދާނެ ކަން ވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ޓެސްޓިން ކިޓު ހޯދުމަށާއި ޓެސްޓުތައް ހެދުމަށް ބޭނުންވާ އެކްސްޓްރެކްޝަން މެޝިނެއް ހޯދުމުގެ މަސައްކަތް އެސްޓީއޯ ގެ ފަރާތުން ކުރަމުން އަންނަ ކަން ވެސް މަބްރޫކު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާރު ޓެސްޓިންގެ ގާބިލުކަން ހުރި މިންވަރާއި ގުޅިގެން މަބްރޫކް ވިދާޅުވެފައިވަނީ މިވަގުތު ޕީސީއާރު ޓެސްޓުކުރުމަށް ބޭނުންކުރާ ކިޓުގެ 3000 ކިޓު އެބަހުރި ކަމަށާއި ލޭ ބޭނުންކޮށްގެން ޓެސްޓުކުރުމަށް ބޭނުންކުރާ ސީރިއޮލޮޖީ ޓެސްޓިން ކިޓުގެ 500 އަށް ވުރެ ގިނަ ކިޓު އެބަހުރި ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!