ދުނިޔެ

ހެރީއަކީ ޤައުމަށް އެންމެ ބޭނުން ޖެހުނު ދުވަހު ޤައުމު ދޫކޮށް ފިލި މީހެއް – ޞިއްޙީ މާހިރުން

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ކޮވިޑް-19 ގެ ޙާލަތު އޮތީ މީޑިޔާތަކުން ހާމަކުރަމުންދާ ވަރަށްވުރެ ރަގަޅު ޙާލަތެއްގައި ކަމަށް ޕްރިންސް ހެރީ ވިދާޅުވުމުން ސިއްޙީ މާހިރުންގެ ރުޅިގަނޑު ފަޅައިގެން ގޮސް، "ހެރީއަކީ ޤައުމަށް އެންމެ ބޭނުން ޖެހުނު ދުވަހު ޤައުމު ދޫކޮށް ފިލި މީހެއް" ބުނެ ފާޑު ކިޔައިފިއެވެ.

Ads by Sosun Fihaara

ޕޮޑްކާސްޓް އިންޓަރވިއު އެއްގައި ވާހަކަ ދައްކަމުން ހެރީ ބުނީ ގެތަކުގައި ބަންދުވެގެން ތިބޭއިރު ބައެއް މީޑިޔާތަކުން ޚަބަރުތައް ގެނެސްދޭ ގޮތުން ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވާ ގޮތްވާ ކަމަށާއި ނަމަވެސް ރަނގަޅު ވަސީލަތްތަކުން ޞައްޙަ މައުލޫމާތު ލިބުމުން ކަންކަން ސާފުވާ ކަމަށެވެ.

މިގޮތަށް ހެރީ ވާހަކަފުޅު ދެއްކެވުމުން މިކަމާ ހިތްހަމަނުޖެހި، ޕްރޮފެސަރ ކެރޮލް ސިކޯރާ ވަނީ އިނގިރޭސިވިލާތުގެ ކޮވިޑް-19 ގެ ޙާލަތާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ހެރީ ކުފޫ ހަމަވަނީ ކިހިނެތްތޯ ސުވާލު އުފައްދާފައެވެ. އެންޓި ބޮޑީ ޓެސްޓްތައް ހެދުމުގައި އިސްކޮށް އުޅުއްވާ އަދި ބޮޑުވަޒީރު އޮފީހުގެ އެޑްވައިޒަރ ކަން ވެސް ކުރައްވާފައިވާ ޕްރޮފެސަރ ސިކޯރާ އިތުރަށް ހާމަ ކުރި ގޮތުގައި، މިގޮތަށް ހެރީ ވާހަކަފުޅު ދެއްކުން އެއީ ވަރަށް ހައިރާންވާ ކަމެއް ކަމަށާއި، މީޑިޔާތަކުން މިކަން ރިޕޯޓްކުރަމުންދަނީ ވަރަށް ޒިންމާދާރުކޮށް ކަމަށާއި، އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މުހިންމު ދައުރެއް މީޑިޔާއިން އަދާކުރަމުން އަންނަކަމަށެވެ. އަދި ސިއްޙީ މަސައްކަތްތެރިން ކުރާ މަސައްކަތްތައްވެސް މީޑިޔާއިންދަނީ ފާހަގަކުރަމުން ކަމަށާއި އެހެންކަމުން މީޑީޔާގެ މަސައްކަތަށް ފާޑުކިއުމުގެ ބަދަލުގައި އެމީހުންގެ މަސައްކަތަށްވެސް ސާބަސް ދޭންޖެހޭކަމަށް ޕްރޮފެސަރ ފާހަގަކުރިއެވެ.


ޝާހީ އާއިލާ ދޫކޮށް އަނބިމީހާ މޭގަން އަދި 11 މަހުގެ ދަރިފުޅާއި އެކު އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށްފައިވާ ހެރީ މިދުވަސްކޮޅު ފެންނަނީ، އާންމުންނަށް އެހީގެ ސާމާނު ބެހުމުގައި ވަރަށް އަވަދިނެތި އުޅުއްވަނިކޮށެވެ. އެހެންކަމުން އިނގިރޭސިވިލާތުގައި ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ނިސްބަތް ގިނަކަން ފާހަގަކޮށް އެފަރާތް ތަކަކީ،ގައުމީ ރޫހު ވަރަށްބޮޑަށް ހުރި ރައްޔިތުންތަކެއް ކަމަށްވެސް ހެރީ ފާހަގަ ކުރައްވާފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!