Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިހާރު ތިބީ ކޮންމެ 1000 މީހަކަށް 2 ޑޮކްޓަރުންނާއި 7 ނަރުހުން: މަބްރޫކް

ރާއްޖޭގައި މިވަގުތު ތިބީ ޖުމްލަ 905 ޑޮކްޓަރުންނާއި 2970 ނަރުހުން ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ބަލާއިރު އެއީ އާބާދީގެ ކޮންމެ 1000 މީހަކަށް 2 ޑޮކްޓަރުންނާއި 7 ނަރުހުން ކަން ވެސް މަބްރޫކު ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުންވެސް ހާލަތަށް ރިއާޔަތް ކޯށް ބަންގްލަދޭޝާއި ނޭޕާލް ފަދަ ގައުމުތަކުގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދިވެހި ދަރިވަރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ވެސް މަބްރޫކު ވިދާޅުވިއެވެ. އަދި މިގޮތަށް ގެނެވޭ ދަރިވަރުންނަށް ކަރަންޓީނު ގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ދޭން ޖެހޭ ތަމްރީނު ދެވިގެންދާނެކަން ވެސް އޭނާ ފާހަގަކުރިއެވެ.

Advertisement
HDC — Sidebar (box)

ރާއްޖޭގައި މިހާރު އޮތް ހާލަތަށް ބަލާއިރު ހާލަތަށް ބަލާފައި ތިބި ޑޮކްޓަރުންނާއެކު ކުރިއަށް ގެންދެވިދާނެކަމަށާއި ނަމަވެސް މިއަށް ވުރެ ހާލަތު ގޯސްވެއްޖެނަމަ އިތުރު ގޮންޖެހުން ތަކާއި ކުރިމަތި ލާން ޖެހޭނެ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

މާލެއިން ވައިރަހަށް ފައްސި ވި މީހުންގެ އަދަދު 31 އެކަކަށް އަރައި ރާއްޖެތެރޭ ރަށަކުން ވެސް ވައިރަހުގެ ކޭހެއް ފެނިފައިވާިރު ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 52 އަކަށް އަރާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް