ކުޅިވަރު

ވެއްޓިފަ އޮތް ބިދޭސީ މީހާ ސެނަހިޔާއަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި: އެމްއެންޑީއެފް

ދެން އެމްވީ ، ދެން އޮންލައިން

މަގުމައްޗަށް ވެއްޓިފަ އޮތް ބިދޭސީ މީހާ ސެނަހިޔާއަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

Ads by STELCO

އެމްއެންޑީއެފްގް މީޑިއާ އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެނައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އެމީހާގެ މެޔަށް ތަދެއް އަރައިގެން އުޅުނު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމީހާ އަކީ 50 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އެމީހާ މަގުމައްޗަށް ވެއްޓިފައި އޮއްވާ މިރޭ 8:31 ހާއިރު މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ފެނުމުން ވަނީ ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!