ޚަބަރު

ކޮވިޑް-19: ނޮޅިވަރަމް ކަރަންޓީން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު ހދ.ނޮޅިވަރަމަށް ދަތުރު ކޮށްފައި ވާތީ އެރަށަށް މީހުން އަރައި ފޭބުން މަނާކޮށް ރަށް ކަރަންޓީން ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ނޮޅިވަރަމް ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށަށް ދަތުރުކޮށްފައިވާ މީހެއްގެ ކިބައިން، ކޮވީޑް-19 އަށް ޝައްކުކުރެވެ ޢަލާމަތްތަކެއް ފެނުމާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ނޮޅިވަރަމް ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް ކަރަންޓީނު ކުރާކަމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން ބެލުމަށް ވެސް އެންގުމުގައި ވެއެވެ.

ހއ. އުލިގަމުން ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ހދ. އާއި ހއ، އިން ގިނަ ރަށްތަކެއް ވަނީ ކަރަންޓީން ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!