ޚަބަރު

މާދަމާ އަންނަ މަތިންދާބޯޓުން 70 ބަންގްލަދޭޝް މީހުން ފޮނުވާލަނީ

ދެން އެމްވީ ، ދެން އޮންލައިން

ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ގޮވައިގެން މާދަމާ ރާއްޖެއަށް އަންނަ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓުން ރާއްޖޭގައި އުޅޭ 70 ބަންގްލަދޭޝްގެ މީހަކު އަނބުރާ ފޮނުވާލަން ނިންމައިފި އެވެ.

Ads by MWSC

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކަމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެންގެ ފަރާތްޕުޅުން އެއްބާރުލެއްވުން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ގަވާޢިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން އަނބުރާ އެ ގައުމަށް ގެންދަން އެ ގައުުމުގެ ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިފައި ވެސް ވެއެވެ. މިދިޔަ ދެ ހަފުތާގެ ތެރޭގައި މިނިސްޓަރު ޝާހިދު ވަނީ ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި އެ މަޝްވަރާތައް ކުރައްވާފަ އެވެ.

މާދާމާ އަންނަ ބަންގްލަދޭޝްގެ އަސްކަރީ ފްލައިޓްގައި އެ ގައުމުގައި ތިބި 53 ދިވެހިންނާއި، ނޭޕާލުގައި ތިބި 18 ދިވެހިންގެ އިތުރުން ކޮވިޑް-19 އިގެ މަސައްކަތުގައި އެހީތެރިވާން އަންނަ 10 މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއް ވެސް މާލެ އަންނާނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!