ޚަބަރު

ކެނޯއެއްގައި ނޮޅިވަރަމުން ފުރައިގެން ކުޅުދުއްފުއްޓަށް އަރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކެނޯއެއްގައި ހދ. ނޮޅިވަރަމުން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް އަރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ އެއްރަށުން އަނެއްރަށަށް ދަތުރު ކުރުން މަނާކޮށްފައިވާ ދަންޑިވަޅެއް ގައި، ހުއްދަ ނުހޯދާ މިއަދުގެ ވަގުތެއްގައި ނޮޅިވަރަން ހުޅަނގު ފަރާތުން ކެނޯ އެއްގައި އައި ދެ މީހަކު ކުޅުދުއްފުށި އެއާޕޯޓް ރަންވޭ ހުޅަނގު ކޮޅުން ބަނޑުން ޖަހާލައި އެރަށަށް އަރާފައިވާ މައްސަލަ އެއް ފުލުހުއްނަށް ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ދެ މީހުންނަށް އެއްވެސް އަނިޔާ އެއް ލިބިފައެއް ނުވާކަމަށާއި މި ދެ މީހުން ކެނޯގައި ދަތުރު ކޮށްފައިވަނީ ކެނޯގެ ވެރިފަރާތުގެ ހުއްދަ އެއް ވެސް ނެތިކަމަށެވެ.

މި މައްސަލައިގައި 23 އަހަރާއި 30 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!