Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރަސްއޮންލައިންގެ ފަރާތުން ފެނިގެންދިޔަ އަމަލަކީ ޒިންމާދާރު އަމަލެއް ކަމުގައި ނުދެކެން: މީޑިއާ ކައުންސިލް

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ރަސް އޮންލައިންގެ ފަރާތުން ސުވާލުކުރި މީހާގެ ފަރާތުން ފެނިގެން ދިޔަ ޢަމަލަކީ ޒިންމާދާރު ޢަމަލެއްކަމުގައި ނުދެކޭ ކަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

އެކައުންސިލުން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ޒިންމާދާރު ނޫސްވެރިންގެ ޙައްޤުގައި ، ނޫސްވެރިން އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލައި އެފަދަ އުސޫލަކަށް ވީހާވެސް އަވަހަށް އަމަލު ކުރަން ފެށުމުގެ ރޫޙް މީޑިއާ ކައުންސިލްގައި އެބައޮތް ކަމަށެވެ. އަދި ރަސްއޮންލައިންގެ ނޫސްވެރިޔާއާއި އެޑިޓަރު އެކަމަށް މަޢާފަށް އެދުމަށް ވެސް މީޑިއާ ކައުންސިލުން އަންގާނެ ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ރޭ ބޭއްވި ޕްރެސްގައި ރަސްއޮންލައިންގެ ފަރާތުން ސުވާލުކުރެއްވި ނޫސްވެރިޔާ ވަނީ ބަނގުލަދޭޝް މަސައްކަތް ތެރިންނަށް އިޙްތިރާމް ކުޑަވާ ރާނގަކަށް ސުވާލުކޮށްފައެވެ. އަދި މި ސުވާލު ކުރަމުން ދަނިކޮށް ޑރ.ނަޒްލާ ވަނީ އޭނާގެ ސުވާލު ހުއްޓުވާފައެވެ. އަދި އެންމެންނަކީ ވެސް އިންސާނުން ކަމަށާއި ސުވާލު ކުރާއިރު އެންމެންނަށް ވެސް އިޙްތިރާމް ދެއްވައިގެން ސުވާލު ކުރެއްވުމަށް ޑރ.ނަޒްލާ އެދި ވަޑައިގަތެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް