ޚަބަރު

އިންޑިޔާއިން އަބަދުވެެސް ރާއްޖެއަށް އެހީތެރިވާނަން: އިންޑިޔާގެ ބޮޑުވަޒީރު

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއެކު ރާއްޖޭއަށް ދިމާވެފައިވާ ގޮންޖެހުންތައްކުން އަރައިގަތުމަށް އެހީތެރިވުމަށް އަބަދުވެސް ތައްޔާރަށް އޮންނަވާނެ ކަމަށް އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދެރަ މޯދީ ވިދާޅުވެއްޖއެވެ.

Ads by STELCO

އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާ އާއި އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރައީސް ސޯލިހާއެކު ފޯނުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

"އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ހާއްސަ ގުޅުމާއެކު މި ބަލިމަޑުކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރާނަން. އިންޑިއާ އިން އަބަދުވެސް ރާއްޖެއާއެކު އޮންނާނެ،" މޯދީގެ ޓްވީޓުގައި ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް 52 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ ދެ މީހަކުވެސް ހިމެނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!