ދުނިޔެ

13 އަހަރު ވީއިރު ވެސް ދަރިފުޅުގެ އިންތިޒާރުގައި ހުރި މައެއްގެ ހިތްދަތިކަން: އެކަކުވެސް އަަޅައެއް ނުލާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފޮޓޯއިން ތިޔަ ފެންނަނީ އަފްޣާނިސްތާނުގެ ރައްޔިތެއް ކަމަށްވާ ސެހަރް ބީބީ އެވެ. އޭނާގެ ލޮލުން ތިޔަ ފެންނަ މަޔޫސް ކަމަކީ، އޭނަގެ ދަރިފުޅު ކައިރީގައި ނެތުމުން، އެދަރިފުޅުގެ ދެކިލުމަށް އެ ދެ ލޯ ކުރަމުންދާ އިންތިޒާރެވެ.

Ads by Sosun Fihaara

ސެހަރް ގެ ފިރިހެން ދަރިފުޅު ގުއަންޓަނާމޯ ބޭ ޖަލަށް ލާފައި ހުންނަތާ މިހާރު 13 އަހަރުވެއްޖެއެވެ. އެހުރިހާ ދުވަހަކު ވެސް ހުއްޓުމެއް ނެތި ސެހަރް ކުރަމުންދާ މަސައްކަތަކީ އޭނަގެ ދަރިފުޅު ސަލާމަތުން އޭނަ ކައިރިއަށް އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރުމެވެ. އެކަމަށް އެދި އޭނާ އަބަދު ވެސް ދަނީ އާދޭސް ކުރަމުންނެވެ.

ރިޕޯޓުތަކުން އެނގިފައިވާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން ހިންގާ އެޖަލަކީ، ގައިދީންނަށް ވަރަށް އަނިޔާވެރި ޖަލެކެވެ. އެގޮތުން ގައިދީންނަށް ކާންބޯން ނުދީ ބަނޑުހައި ހޫނު ކޮށްފައި ބެހެއްޓުމާއި، ކާންބޯން ނުވާނެ ފަދަ އެއްޗެހި ގަދަކަމުން ގައިދީންނަށް ދިނުމާއި އެހެންމީހުންނާއި އެކަހެރި ކޮށްފައި ބެހެއްޓުން ހިމެނެއެވެ.

އެޖަލުގައި ބަންދު ކުރެވުނު ޠާލިބާނުންގެ ބައެއް މީހުން މިހާރު ދޫކޮށްލާފައިވީ ނަމަވެސް، ސެހަރް ގެ ދަރިފުޅު އަސަދުﷲ ހާރޫން އަދިވެސް ހުރީ އެމީހުންގެ އަނިޔާވެރި އަތް ދަށުގައެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އަސަދުﷲ އެއްވެސް ކުށެއް ވެސް ކޮށްފައެއް ނުވެއެވެ.

ޕާކިސްތާނުގެ ޕޭޝާވަރް ސިޓީގައި ރެފިއުޖީން ފަދައިން ދިރިއުޅޭ ސެހަރް ބުނި ގޮތުގައި، އަސަދުﷲ ހައްޔަރު ކޮށްގެން ގެންދިޔައިރު އޭނާއަކީ ޕޭޝާވަރް ގައި، މާމުއި އުފައްދާ ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ މީހެކެވެ. ހައްޔަރު ކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ސެހަރް އާއި އެއާއިލާ މަސައްކަތް ކުރަމުންދަނީ އަސަދުﷲ ސަލާމަތް ކުރެވޭތޯ އެވެ އެގޮތުން އަސަދުﷲ ގެ ފޮޓޯއެއް ހިފައިގެން ކޮންމެ ދުވަހަކު ސަރުކާރުގެ އޮފީސްތަކަށް ވެސް ގޮސް ހަދާ ކަމަށް ސެހަރް ބުންޏެވެ.

"އެކަކުވެސް އަޅައެއް ނުލާ. އަހަރުމެންގެ އާދޭސްތައް އަޑެއް ނާހާ. އަހަރެންގެ ކެތްތެރިކަން މިހާރު ކޮޅުންލާ، ވަރުދެރަ ވެއްޖެ" ސެހަރް ބުނެފައިވެއެވެ.

އެމެރިކާ ސަރުކާރުން ބުނެފައިވަނީ އަސަދުﷲ ހައްޔަރުކުރީ އޭނަައަކީ އަލްޤައިދާ އާއި ޙިޒްބިއިސްލާމީ ފަދަ ޓެރަރިސްޓު ޖަމާޢަތްތަކާއި ގުޅުން ހުރި މީހެއް ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!