ނިކަން މިފޮޓޯއިން ބުޅަލެއް ދައްކަބަލަ!

މަތީގައި އެވާ ފޮޓޯގަނޑުގައި ފުދޭވަރަކަށް ސާމާނު އެބަހުއްޓެވެ. އެހެން ނަމަވެސް އެ ފޮޓޯއިން ބުޅަލެއް އެބަ ފެނޭ ހެއްޔެވެ؟ ވަރަށް ރަނގަޅަށް ބަލައިފި މީހަކަށް އެ ބުލާ އެއްވެސް ޖެހިލުމަކާއި ނުލާ ފެންނާނެ ކަން ޔަގީނެވެ.
މިފޮޓޯއަކީ ޓުވިޓާއަށް އަށް ލުމަށް ފަހު މިފޮޓޯގައި ފިލާ އިން ބުޅާ ދެއްކުމަށް އެދި ހަދާފައިވާ "ޕަޒްލް" އެކެވެ. އަދި ގިނަ ބަޔަކު ވަނީ ވަރަށް ޝައުގުވެރިކަމާއި އެކު އަދި އެހާމެ ފޯރިއާއިއެކު މި ފޮޓޯގަނޑުން ފިލައިގެން އިން ބުޅަލެއް ފެނޭތޯ މަސައްކަތް ކޮށްފައެވެ.
މިހާތަނަށް މި ފޮޓޯއިން ބުޅަލެއް ހޯދުމަށް މަސައްކަތް ކުރި މީހުންގެ ތެރެއިން 90 އިންސައްތަ މީހުނަށް ބުޅަލެއް ނުފެނުނެވެ. މިފޮޓޯގައި ފިލާ އިން ބުޅާ ހޯދޭނީ ވަރަށް މަސައްކަތުންކަން ޔަގީނެވެ. އެއީ ހުދު ކުލައިގެ ބުޅަލެކެވެ.
ދުނިޔެއަށް ދިމާވެފައިވާ މި ދުނިޔަވީ ވަބާ ކަމުގައިވާ ކޮވިޑު-19 ގެ ސަބަބުން ގޭގައި މަޑުކޮށްގެން ހުންނަ ބޭފުޅުންނަށް މިއީ ވަގުތު ދުއްވާލުމަށް ކުރެވިދާނެ ކަމެކެވެ. ގެއިން ބޭރަށް ނިކުންނާކަށް ނުޖެހޭނެއެވެ. މީހަކާ ގާތްވާކަށް ނުޖެހޭނެއެވެ. އަތުގައިވާ ފޯނުން ޓުވިޓާއަށް ވަނުމަށް ފަހު މިފަދަ އެތައް އޮންލައިން ކުޅިވަރުތައް ލިބެން އެބަ ހުއްޓެވެ.
އެފޮޓޯއިން ފޮލާފައި އިން ބުޅާ ހަމަ ނުފެނުނު ހެއްޔެވެ؟ އަދި ކުޑަ މަސައްކަތެއް ކޮށްލާށެވެ. އެހެން ނަމަވެސް ނުފެނުމަކީ 90 އިންސައްތަ މީހުންނަށް ވާ ކަމެކެވެ. އެހެން ނަމަވެސް މާޔޫސް ނުވާށެވެ. އެފޮޓޯގައި ފޮރުވިފައިވާ ބުޅާ، ތިރީގައިވާ ފޮޓޯއިން ފެންނަން އެ އޮތީ އެވެ.
